India dhathurah fahu Defence chief Shamaal Raajje vadaigenfi
image
ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް ޢަބްދުﷲ ޝަމާލް-- ފޮޓޯ: އެމްއެންޑީއެފް
ފާތުމަތު ނަޒުފާ އިރުޝާދު
1 ކޮމެންޓް
 

އިންޑިއާ ދަތުރަށްފަހު ޑިފެންސް ޗީފް ޝަމާލް ރާއްޖެ ވަޑައިގެންފި

ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލް އިންޑިއާ އަށް ކުރެއްވި ރަސްމީ ދަތުރު ނިންމަވާލެއްވުމަށް ފަހު މިއަދު ރާއްޖެ ވަޑައިގެންފި އެވެ.
އިންޑިއާގެ ޗެއާމަން އޮފް ދަ ޗީފް އޮފް ދަ ސްޓާފް ކޮމެޓީގެ ދައުވަތަކަށް މޭޖާ ޝަމާލް އިންޑިއާ އަށް ފުރާވަޑައިގަތީ މި މަހުގެ ހަތަރު ވަނަ ދުވަހު އެވެ.

އެ ދަތުރުގައި ޗީފް އޮފް ޑިފެންސް ފޯސް ވަނީ ނޭޝަނަލް ޑިފެންސް ކޮލެޖް (އެންޑީއައި) އާއި، އިންޑިޔާގެ އިންސްޓިޓިއުޓް ފޯ ޑިފެންސް ސްޓަޑީޒް އެންޑް އެނަލިސިސް (އައިޑިއެސްއޭ) އިތުރުން އިންޑިޔާގެ ސްޓާފް ކޮލެޖަށް ޒިޔާރަތް ކުރައްވާފަ އެވެ.

އައިޑީއެސްއޭ އަށް ކުރެއްވި ޒިޔާރަތުގައި ޝަމާލް ވަނީ ''ނޭޝަނަލް ސެކުއިރިޓީ ވަލްނެރަބިލިޓީ: އިޝޫސް ފޯ ސްމޯލް ސްޓޭޓްސް'' އާ ބެހޭ ގޮތުން ލެކްޗާ ވެސް ދެއްވާފަ އެވެ.

އެ ދަތުރުގައި ޗީފް އޮފް ޑިފެންސް ފޯސްގެ އިތުރުން އެމްއެންޑީއެފްގެ ސާވިސް ކޯގެ ކޮމާންޑަންޓް ކާނަލް ޙާމިދު ސަފީޤާއި، އެމްއެންޑީއެފް ސެނެހިޔާ ހޮސްޕިޓަލުގެ ކޮމާންޑިން އޮފިސާ ކާނަލް ޑރ. ޢަލީ ޝާހިދު މުޙައްމަދު ވެސް ބައިވެރިވެ ވަޑައިގެންފައި ވެއެވެ.
ހިޔާލު

ބިސާމު

މި ސެނެހިޔާ ހޮސްޕިޓާ ގެ ކޮމާންޑިންގ އޮފިސަރ ކާނަލް ޑރ އަލީ ސާހިދު ކަމަށް ވަނީ ރާއްޖެ ޓީވީ ރޯ ކޮށްލި މީހުންގެ ތެރެެއިން ގައިގަ ހުޅު ހިފި މީހާ ގައިގަ ބޭސް އަޅާދީ ފަރުވާދީ ކަންކަން ކުރީ ވުޑް އެޕަލް ކައިރީގަ ހުރި ގެޔެއްގެ އެޕާޓްމަންޓްގަ! އަނެއްހެން މިހާރު ދެން ޕްރޮސކިއުޓަރ ޖަނަރަލް ބިސާމާވެސް ލަންކާގެ ގޯލް ފޭސް ހޮޓަލަށް ގެންގޮސް އިނދެލައިގެންތާ އެ އުޅެނީ މިހާރު ދެން! އެހެންވީމަ، ސަމާލު އާ އެއްކޮށް އިންޑިޔާ އަށް ޖައްސާލުންވެސް ހަމަ އޯކޭ އޭ ބުނެލެވޭނީ!