Eh rasheh 3 bayakah vikki massala eh fenmathi vejje!
image
ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ-- ފޮޓޯ: ޓޫރިޒަމް މިނިސްޓްރީ/ ޓްވިޓާ
2 ކޮމެންޓް
 

ރައީސް ޔާމީނުގެ ސަރުކާރުން އެއް ރަށެއް ތިން ބަޔަކަށް ވިއްކި މައްސަލައެއް ފެންމަތިވެއްޖެ!

ރިސޯޓު ހިންގަން ރަށްތައް ދޫކުރުމުގެ ތެރެއިން އެންމެ ރަށެއް އެއް ފަހަރާ ތިން ބަޔަކަށް ކުއްޔަށް ދީފައި އެބަ އޮތް ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު މިއަދު ވިދާޅުވެއްޖެ އެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އަލީ ވަހީދު ވިދާޅުވީ އެއް ފަހަރާ ތިން ބަޔަކަށް ވިއްކާފައި ވަނީ އދ. ފުށިއްގާ-ރަތްދިއްގާ ނަމަކަށް ކިޔާ ރަށެއް ކަމަށެވެ.

"މުޅި ސަރުކާރަށް އަމާޒުކޮށް ބައެއް ފަހަރު ދައްކާ ވާހަކައެއް ސަރުކާރު ލަސްވާ ވާހަކަ. ބައެއް ކަންކަމުގައި ލަސްވޭ. މީގެ އެއްކަމެއް މިއީ، އދ. ފުށިދިއްގާ-ރަތްދިއްގާ. މި ރަށް އެބަ އޮތް ތިން މީހުންނަށް ދީފައި ކުރީ ސަރުކާރުން. މި ކިޔަނީ އެންމެ އެސެޓެއްގެ ވާހަކަ. މި ފަދަ ކިތައްމެ ކަމެއް އެބަހުރި،" އޭނާ ވިދާޅުވި އެވެ.

ތިން ފަރާތަކަށް އެ ރަށް ކުއްޔަށް ދީ، އެ ތިން ފަރާތުގެ އަތުން ވެސް ފައިސާ އަތުލާފައިވާ ކަމަށް އަލީ ވަހީދު ވިދާޅުވި އެވެ.

"އެއް ބައެއްގެ އަތުން ހަ ލައްކަ ޑޮލަރު ނަގާފަ އޮތީ. އަނެއް ބައެއްގެ އަތުން އިތުރު 1.3 މިލިއަން ޑޮލަރު އޮތީ ނަގާފަ. ދެން އަޅުގަނޑުމެން އަވަސް ކުރަން ގޮސް ކިހިނެއް ތޯ ހަދަންވީ. އަޅުގަނޑުމެންނަށް އެއްވެސް މީހަކަށް ގެއްލުންވާ ގޮތަކަށް ކަމެއް ނުކުރެވޭނެ. މި ސަރުކާރުން ކަންތައް ކުރާނީ ގާނޫނާއި ގަވާއިދުގެ ދަށުން. ތިން ރައްޔިތުންގެ ހައްގު ވެސް ނުގެއްލޭނެ ގޮތަކަށް ބަލަން ޖެހޭނީ،" މިނިސްޓަރު ވިދާޅުވި އެވެ.

އެކަން ތަހުގީގު ކުރަމުން ދިޔައިރު ބައެއް ލިޔެކިޔުންތައް ވެސް ޓޫރިޒަމް މިނިސްޓްރީގައި ނެތްކަން އެނގުނު ކަމަށް އަލީ ވަހީދު ވިދާޅުވި އެވެ.

"މި މައްސަލަތަކުގެ ޑީޓެއިލްސް ކޯޓު ތަކުން ހޯދަން ޖެހޭ، މިނިސްޓްރީ ތަކުން ހޯދަން ޖެހޭ. އިންޓާނަލް ތަހުގީގު ހިންގަން ޖެހޭ. ސިޓީ-ބިޓީ އެބަހުރި ފެނިފައި އަނެއްކާ ގެއްލިފައި. މި ޕްރެސް ކޮންފަރެންސަށް އައުމުގެ ކުރިން މިިނިސްޓްރީ އަކުން ގުޅާފަ ވިދާޅުވި ފޯޖު ކޮށްފައި އޮތް ސިޓީއެއް ފެނިއްޖެއޭ. މުޅި ދިވެހި ދައުލަތް އެފުށް މި ފުށަށް ޖަހާފަ އޮތީ،" އަލީ ވަހީދު ވިދާޅުވި އެވެ.
ހިޔާލު

ކޮލެޖު ބޯއި

ތީ އާ މަސްއަލައެއް ނޫން. ގައުމު ދެނަހުރި

ޙުސެން

ކުރީގެ ވަގުންގެ ސަރުކާރުން އެ ފުށް މި ފުށަށް ޖަހައިގރން ކުރި ވައްކަން ތި ބޭފުޅުން ފަޅާ އެރުވުން މާލަސް ކުރައްވާތީ އެމީހުންށް ފުމެ އަރަން ފުރުޞަތު ލިބެނީ. ޓިކަންތައް ރައްޔަތުން ނަށް އެނގޭގޮތައް އެމީހުންނާއިއެކު އެ ވަގު ޑީލް ހެދި ފަރާތް ތައް ވެސް ހާމަކުރައްވަން ޖެހޭނެއެވެ. މިހާރު މިސަރުކާރު އިނދަ ޖައްސާލަން ފޯރޖް ލިއުންތައް ހުށަހަޅައިގެން ނުދައްކާފައިސާ ދެއްކި ކަމުގެ ލިޔުންތައް ވެސް ހުށަހަޅާނެ އެވެ. ތިން ޕާރޓީއެއް،އެއްމެ ރަށެއް ވިއްކާފަ ފައިސާ ހޯދި އިރު އެ ސަރުކާރުގެ ދުވަސް ވަރު ނިމުނު އިރު ތި ޕާރޓިީ ތަކުން އެއްވެސް މައްސަލައެއް ހުށަނާޅަާ އޮތީ ކީއްވެތޯއެވެ. އެކަން އެންމެ ފުރަތަމަ ބައްލަވާށެވެ. ފައިސާދެއްކި ގޮތުގެ ބޭންކް ޕްރޫފް ވެސް ހޯއްދަވާށެވެ. ތިވެސް ވާނީ ޔާގުންޑާގެ ރޭވުމެއް ކަމަށެވެ.