Veli funyyeh nagan MVR 17 million HDC in heydha kuri
image
ރައްޔިތުންގެ މަޖިލީހުގެ ކޮމެޓީގައި އެޗްޑީސީގެ މެނޭޖުމަންޓުގެ ބޭފުޅުން-- ފޮޓޯ: ސީއެންއެމް
1 ކޮމެންޓް
 

ވެލި ފުންޏެއް ނަގަން 17 މިލިއަން ރުފިޔާ އެޗްޑީސީން ހޭދަކުރި

ހުޅުމާލޭގެ ވޯޓާ ތީމް ޕާކް ހަދަން ހަވާލުކުރި ސައިޓްގައި ހުރި ވެލި ފުންޏެއް ނަގަން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން 17 މިލިއަން ރުފިޔާ ހޭދަކޮށްފައިވާ ކަމަށް އެ ކުންފުނިން ބުނެފި އެވެ.
ސްޓޭޓް އޯންޑް އެންޓަޕްރައިސަސް ކޮމިޓީގައި، އެޗްޑީސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އަހުމަދު އާތިފް މިއަދު ވިދާޅުވީ އެ ވެލިފުނި އެތަނުން ނަގާ، އެ ބިން ހުސްކުރުމުގެ މަސައްކަތް އެހާ ބޮޑު އަގެއްގައި ބަޔަކާ ހަވާލު ކުރިއިރު ސަރުކާރުގެ ކުނި އުކާ ކުންފުނި ވެމްކޯ އިން އެއަށް ވުރެ ކުޑަ އަގެއްގައި އެކަން ކޮށްދިނުމަށް ހުށަހަޅާފައިވާ ކަމަށެވެ.

އާތިފް ވިދާޅުވި ގޮތުގައި އެހާ ބޮޑު އަގެއްގައި މަސައްކަތް ކުރަން ދިންއިރު އެ މަސައްކަތް ކުރުމަށް ބޭނުން ކޮށްފައި ވަނީ އެ މަސައްކަތް ހަވާލުކުރި ކުންފުނީގެ ވެހިކަލްތަކެއް ވެސް ނޫން ކަމަށާއި އެކަން ކޮށްފައި ވަނީ އެޗްޑީސީގެ ވެހިކަލްތަކުގައި ކަމަށެވެ.

ހުޅުމާލޭގައި ތަރައްގީ ކުރަން ފަށާފައިވާ ވޯޓަ ތީމް ޕާކަކީ އެއްގަމުގައި ފެނުގެ ގިނަ ކުޅިވަރުތައް ކުޅެވޭ ގޮތަށް ރާއްޖޭގައި ތަރައްގީ ކުރާ ފުރަތަމަ ޕާކެވެ. އެ ޕާކު ތަރައްގީ ކުރަނީ ރޭގަނޑު ވެސް ޕާކުގައި މަޑުކުރެވޭ ގޮތަށް 50 ކޮޓަރީގެ ހޮޓަލެއް ވެސް ހިމެނޭ ގޮތަށެވެ. ހުޅުމާލޭން ބްރިޖަށް އަރަންދާ ބޮޑުމަގުގައި ހަދާ އެ ޕާކަކީ އެއްގަމުގައި ފެނުގެ އެކި ކުޅިވަރުތައް ކުޅެވޭ ގޮތަށް ހަދާ ޕާކެކެވެ.

އެޗްޑީސީން ކުރިން ބުނެފައިވާ ގޮތުގައި އެ މަޝްރޫއަށް 25 މިލިއަން ޑޮލަރު (385 މިލިއަން ރުފިޔާ) ހޭދަވާނެ އެވެ.
ހިޔާލު

ޙުސެން

ތިވެލި ފުނި ހިމާލަޔާ ފަރުބަދަ ވަރު ވާނެ ތޯއްޗެއް=! ވީމާ ތި އަގު ވަރައްކުޑައެވެ. 170ބިލިޔަން ޑޮލަރައް ހަދާ 150 ބިލިޔަން އަހަރުން ދައކާގޮތައް ހެދި ނަމަ ރާއްޖެ އަށް ވަރަށް ބޮޑު އިޤްތިޞޯދީ ތަރައްޤީ އަކަށްވާނެއެވެ.