Raees Yameen vakkan kurevvi kamah PPM ge naib raees Shiyam vidhaalhu vejje!
image
ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަދި ކުރީގެ ރައީސް ޔާމީންގެ ގާތް އެކުވެރިޔާ ޕީޕީއެމް ނާއިބު ރައީސް އަހުމަދު ޝިޔާމް--
މުހައްމަދު ފަތުހުﷲ
6 ކޮމެންޓް
 

ރައީސް ޔާމީން ވައްކަން ކުރެއްވިކަމަށް ޕީޕީއެމްގެ ނައިބު ރައީސް ވިދާޅުވެއްޖެ!

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ރާއްޖެ ތަރައްގީ ކުރުމުގެ މަޝްރޫއުތައް ހިންގެވީ، ވައްކަން ކުރައްވަމުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ގާތް އެކުވެރިޔާ ޕީޕީއެމް ނާއިބު ލީޑަރު އަހުމަދު ޝިޔާމް ތުހުމަތު ކުރައްވައިފި އެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުގެ އަދަދު، ދާއިމީ ސުޕްރީމް ކޯޓު އެކުލަވާލިއިރު އޮތް އަދަދު ކަމަށްވާ ހަތް ފަޑިޔާރުންނަށް ބަދަލު ކުރުމަށް ދިވެހިރާއްޖޭގެ ކޯޓުތަކުގެ ގާނޫނަށް ސަރުކާރުގެ ފަރާތުން މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ހުށަހަޅުއްވާފައިވާ އިސްލާހަށް ބަހުސް ކުރައްވަމުން މިއަދުގެ ޖަލްސާގައި ޝިޔާމު ވިދާޅުވީ ރައީސް ޔާމީން ކޮނޑުފުޅުގައި ވައްކަމުގެ ތުހމަތު ކުރެވުނަސް، ރާއްޖެއަށް ތަރައްގީ ގެންނަވާފައިވާ ކަމަށެވެ.

"ރައީސް ޔާމީންގެ ވާހަކަ ދައްކާއިރު ބޮޑު ވަގެއްގެ ވާހަކަ ދެއްކުން އޯކޭ. އެބޭފުޅަކަށް އޭގެން ހިތްހަމަ ޖެހުމެއް ލިބޭކަމަށްވަންޏާ މައްސަލައެއް ނެތް. އެހެންނަމަވެސް ދިވެހިރައްޔިތުންނަށް އެބައިނގޭ، ވައްކަން ކޮށްފަ އޮވެއްޖިއްޔާ، ވައްކަން ކުރަމުން، ރައްޔިތުންނަށް ކަންތައްތައް ކޮށްދެއްވި ރައީސެއްކަން ރައީސް ޔާމީނަކީ. އެކަމަކު މިއަދު މިފެންނަނީ ހަމައެކަނި ވައްކަން ކުރާތަން، އެއީ މައްސަލައަކީ،" ޝިޔާމު ވިދާޅުވި އެވެ.

ޝިޔާމުގެ އިތުރުން ޕީޕީއެމަށް ނިސްބަތްވާ ބައެއް މެމްބަރުން ވެސް ކޮންމެ ވެސް ވަރަަށް އެވާހަކަ އެގޮތަށް ދައްކަމުން ގެންދެއެވެ.

އެގޮތުން އެންމެ ބޮޑަށް ޕީޕީއެމްގެ މެމްބަރުން ދައްކަވަނީ، މާލެ-ހުޅުމާލެ ބްރިޖާއި، ދަރުމަވަންތަ 25 ބުރީގެ ހޮސްޕިޓަލާއި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ގެންނަވާ ތަރައްގީގެ ވާހަކަތަކެވެ.

ބްރިޖަކީ ކުރީގެ ރައީސް ނަޝީދުގެ ސަރުކަރުން 100 މިލިއަން ޑޮލަރަށް ވުރެ ކުޑަ އަދަދަކަށް ހިންގަން ނިންމާފައިވާ މަޝްރޫއެކެވެ. ނަމަވެސް ރައީސް ޔާމީންގެ ސަރުކާރުން އެ ބްރިޖްގެ މަޝްރޫއު ނިންމާފައިވަނީ 200 މިލިއަން ޑޮލަރަށެވެ. އެބްރިޖް ހުޅުވުމުގެ ރަސްމިއްޔާތަށް އެކަނިވެސް ތިން މިލިއަން ޑޮލަރު ހަރަދު ކޮށްފައިވެއެވެ.

ދަރުމަވަންތަ ހޮސްޕިޓަލުގެ 25 ބުރީގެ އިމާރާރާތަކީ، ކުރިން ރައީސް ޔާމީން ސަރުކާރުން ބުނި ގޮތުން، އެއި އައިޖީއެމް ހޮސްޕިޓަލުގެ ބައެކެވެ، އޭރު ކުރެހުމުން ފެންނަގޮތުން، އެސަރަހައްދުގައި ތިން ޓަވަރު ހިމެނުނު ނަމަވެސް، ފަހުން ވަނީ ދަރުމަވަންތަ ހޮސްޕިޓަލުގެ ނަމަށް ބަދަލުކޮށް، 25 ބުރީގެ އެއް އިމާރާތް އަޅާފަ އެވެ. އައިޖީއެމްއެޗްގެ ބައެއްގެ ގޮތުގައި އެތަން ތަރައްގީ ކުރަން ނިންމިއިރުވެސް، ހަރަދު ކުރަން ނިންމާފައިވަނީ 144 މިލިއަން ޑޮލަރެވެ. އަދި އަދި ފަހުން 25 ބުރީގެ ދަރުމަވަންތަ ހޮސްޕިޓަލުގެ ނަމަށް ބަދަލުކުރި އިރުވެސް 144 މިލިއަން ޑޮލަރެވެ. އެ 144 ހަތަރު މިލިއަން ޑޮލަރަކީ ހަމައެކަނި ދަރުމަވަންތަ ހޮސްޕިޓަލުގެ ސްޓަރަކްޗާ އެވެ. މެޝިނަރީތަކާއި ހިދުމަތަށް ބޭނުންވާ ތަކެތި ނުލައެވެ. އެހެންކަމުން އެޕޮޖެކްޓްގެ އަގު އިންތިހާއަށް ބޮޑުކަމުން ބޮޑެތި ފާޑުކިޔުންތަކެއް އެސަރުކާރަށް އަމާޒުވި އެވެ. އަދި އެ ޕްރޮޖެކްޓަށް ކަނޑައެޅި 144 މިލިއަން ޑޮލަރުން ނުވެގެން، ފަހުން ދައުލަތުގެ ބަޖެޓުންވެސް ހަރަދުތަކެއް ކޮށްފައި ވެއެވެ. އެހެންކަމުން އެ ހޮސްޕިޓަލުގެ ހިދްމަތް ރައްޔިތުންނަށް ލިބޭއިރު، އެތަނަށް ހަރަދު ވާނެވަރެއް އޭރުގެ ސަރުކާރަށް ވެސް އޮތީ އަންދާޒާކޮށްލަންވެސް ނޭނގިފަ އެވެ.

އިމާރާތްކުރުމުގެ ދާއިރާގައި ހަރަކާތްތެރިވާ ވަރަށް ގިނަ ފަރާތްތަކެއް ވެސް ދަރުމަވަންތަ ހޮސްޕިޓަލަށް ކުރި ހަރަދު ބޮޑުކަމަށް ފާހަގަކޮށްފައި ވެއެވެ. އަދި ބައެއް ފަރާތްތަކުން ބުނާގޮތުން 144 މިލިއަން ޑޮލަރަކީ މިހާރު އެހުރި ހޮސްޕިޓަލުގެ ތިން ހޮސްޕިޓަލު އިމާރާތް ކުރާނެ ފައިސާ އެވެ.

ދަރުމަވަންތަ ހޮސްޕިޓަލުގެ ކުރެވުމަށް އެކަނިވެސް 27 މިލިއަން ޑޮލަރު ހަރަދު ކުރިކަމަށް ވެއެވެ.

ދެން އޮތީ ވޭލާނާ އިންޓަނޭޝަނަލް އެއާޕޯޓެވެ. ކުރީގެ ރައީސް ނަޝީދުގެ ސަރުކާރުން، އެއާޕޯޓްތައް ހަދާ އިންޑިއާގެ މަޝްހޫރު ޖީއެމްއާރަށް 25 އަހަރަށް ކުއްޔަން ދީފައިވަނީ 800 މިލިއަން ޑޮލަރު ހަރަދުކޮށްގެން، އެއާޕޯޓް ތަރައްގީކޮށް، 2014 ގައި ނިންމާ ގޮތަށެވެ. ދައުލަތުގެ އެއްވެސް ފައިސާއެއް ނުވަތަ ލޯނެއް ނެތި، ޖީއެމްއާރުން އެއާޕޯޓް ތަރައްގީ ކުރަމުންދަނިކޮށް، އެމީހުން ބޭރުކޮށްލީ ރައީސް ޔާމީން އިސްކޮށް ހުންނަވައިގެންނެވެ.

ރައީސް ޔާމީން ވެރިކަމަށް ވަޑައިގެން ބޭރުން 1،000 މިލިއަން ޑޮލަރުގެ ލޯނެއް ނެގުމަށްފަހު، އެލޯނަށް ފަހުން ވަނީ ދެ މިލިއަން ޑޮލަރު އިތުރުކޮށް، ޖުމްލަ 1،200 މިލިއަން ޑޮލަރަށް އެރާފައިވާކަން ޕީޕީއެމް ބައެއް މެމްބަރުން މަޖިލީހުގައި އޭރު ބަހުސް ކުރައްވަމުން ވިދާޅުވެފަ އެވެ.

ނަމަވެސް ވެރިކަން ނިމިގެން ދިޔައިރު، ބްރިޖްގެ ކުރެހުމާއެއްގޮތަށް ބްރިޖް ނިންމާފައިވާތަނެއް ނުފެނުނެވެ. ބްރިޖްގެ ކޮންމެ ފަރާތަކުން އެއް ލޭން ނެތެވެ. ވެރިކަމުގެ ދައުރު ނިމެންވާއިރަށް ހުޅުވަން ކުރި މަސައްކަތުން ބްރިޖްގެ ދެ ލޭން ނެތް އިރު، އެފައިސާއަށްވީ ގޮތެއް ނޭނގެއެވެ. ޕްރޮޖެކްޓުން އެފައިސާ އުންޏެއް ނުވެއެވެ.

ވެރިކަން ނިމެންވާއިރަށް ދަރުމަވަންތަ ހޮސްޕިޓަލު ނިންމަން އުޅުއްވި ނަމަވެސް، އެކަމެއް ނުވި އެވެ. ކުރިން އައިޖީއެމްއެޗްގެ ބައެއްގެ ގޮތުގައި ތަރައްގީ ކުރަން ދެއްކި ކުރެހުމާއި ފަހުން ދަރުމަވަންތަ ހޮސްޕިޓަލަކަށް ބަދަލުވެގެން ދިޔަގޮތް އެނގޭ ދިވެހި ރައްޔިތަކު ހުރިހެނެއް ހިޔެއް ނުވެއެވެ. އައިޖީއެމްއެޗް ކުރެހުމުގައި ތިން ޓަވަރު ހުރި ނަމަވެސް ފަހުން އެއް ޓަވަރުގެ ގޮތުގައި ދަރުމަވަންތަ ހޮސްޕިޓަލަށް ބަދަލުކުރިއިރު، ޕްރޮޖެކްޓް އަގަކަށް ބަދަލެއް ނާދެ އެވެ. ވިއްޔާވީ ހަރަދުކުރި ފައިސާގެ އަދަދު އިތުރެވެ.

ދެން އޮތީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓެވެ. ރައީސް ޔާމީންގެ ވެރިކަން ނިމެންވާއިރަށް އާ ރާންވޭ ހުޅުވި އެވެ. އާ ރަންވޭގައި އެއްމިލިއަން ޑޮލަރު ހަރަދުކޮށްފައި އިއްތިހާދު އެއަރވޭސްގެ ޗާޓާރ ފްލައިޓެއް ޖެއްސި ގޮތަށް ބަހަބަރެވެ. ނުނިމި ހުއްޓާ އާ ރަންވޭ ހުޅުވުމުން ބޮޑެތި ފާޑު ކިޔުންތަކެއް އޭރު ދިޔައީ ސަރުކާރަށް އަމާޒު ވަމުން ނެވެ.

ރައީސް ޔާމީންގެ ވެރިކަން ނިމުނުއިރު، އެއާޕޯޓްގެ މަޝްރޫއުގެ ބޮޑު ބައެއް އޮތީ ނުނިމި އެވެ.

ވައްކަމާއި ހިޔާނާތާއި ކޮރަޕްޝަން އަމަލުތައް އިންތިހާއަށް ރައީސް ޔާމީންގެ ސަރުކާރު ހިންގާފައިވާތީ ރައްޔިތުން ބުނަމުންދިޔައީ، "ތަރައްގީގެ މަޝްރޫއުތައް އޯކޭ، ބްރިޖް އޯކޭ، އެކަމަކު ވައްކަން އޯކޭއެއް ނޫނޭ" ކަމަށެވެ.
ހިޔާލު

މޮޑް

1000 މިލިއަން ޑޮލަރަށް ދެ މިލިއަން ޑޮލަރު އެއްކުރީމާ ވާނީ 1200 މިލިއަން ޑޮލަރު ނޫންތޯ؟ ލިޔުމުގައި އެވަނީ ރަނގަޅަށް ނޫންތޯ!

މިލިއަން

1000 މިލިއަން ޑޮލަރައް 2 މިލިއަން ޑޮލަރު އެއް ކުރީމަ ވާނީ ކިހާވަރެށް

ާއަލި

ޣައިރު ޒިންމާދާރު ނޫސްވެރިއެއްކަން ހާމަވުން ނޫންކަމެއް މިލިއުން ކިޔާލުމުން ނުވި

ބަކުރު

ކަލޭވެސް ތީ ނޫސްވެރިއެއް ދޯ. ޅަދުން ބޯހަލާކު

ގޮރް

ސުރުހީގަ ލިޔެފަވަާ އެއްޗެއް ނުފެނުން ލިޔުން ކިޔާލީމަކާ..ތަންކޮލޭއް ބޮޑަށް ޒިންމާދާރުވާން ވެއްޖެ ..

ހުގަސް

މި ލިއުންތެރިޔާ ލިޔެފަ މިއޮތީ ހިތުން ވަރަށް މޮޅު ލިއުމެއް. ކަލޭމެން ތިޔަވައްތަރަށް ފިތުނަ އުފައްދަން ކަމުގެ ހަގީގަތް އޮޅުވާލައިގެން ތިޔަ ކަހަލަ ދެކޮޅު ނުޖެހޭ ލިއުން ތިޔަ ލިޔަނީ ކޮން އިންސާފަކުން. ވަގުންނާ ބާގީންނާ ޔަހޫދީންނާ ކަލެއަށް އެނގޭނެ