Kudakujjaku vikkalikamah buna mahsalaeh balani
image
ކުޑަކުއްޖަކު ވިއްކާލިކަމަށްބުނާ މައްސަލައެއް ބަލަނީ
ސީއެންއެމް
0 ކޮމެންޓް
 

ކުޑަކުއްޖަކު ވިއްކާލިކަމަށްބުނާ މައްސަލައެއް ބަލަނީ

ލ އަތޮޅުގެ ރަށެއްގެ ކުޑަ ކުއްޖަކު ބަޔަކަށް ވިއްކާލިކަމަށް ބުނާ މައްސަލައެއް ފުލުހުން ބަލަން ފަށައިފި އެވެ.
އެމައްސަލަ ބަލަމުން ދާކަމަށް ބުނި ނަމަވެސް އެކަމާއިގުޅޭ އިތުރު ތަފްސީލެއް ފުލުހުން ނުދެއެވެ. ކުއްޖާ ވިއްކާލިކަމަށް ބުނަނީ ތ އަތޮޅުގެ ރަށެއްގެ ދެމަފިކިއަކަށެވެ.

ބައެއް މީޑިއާތަކުން ރިޕޯޓްކުރާ ގޮތުގައި މިދިޔަ ހަފްތާގައި ހިނގި އެހާދިސާއާއި ގުޅިގެން ޖެންޑަރ މިނިސްޓްރީގެ ޓީމެއް ގޮސް އެކުއްޖާ މިހާރުވަނީ ދައުލަތުގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. އެކުއްޖާގެ އުމުރަކީ އެއް އަހަރާއި ދިހަ މަހެވެ.

ނަމަވެސް މިހާދިސާއާއި ގުޅޭ އެއްވެސް މައުލޫމާތެއް ޖެންޑަރ މިނިސްޓްރީން އަދި ނުދެއެވެ.

ކުއްޖާގެ މަންމައާއި ހަވާލާދީ ބައެއް ނޫސްތަކުގައި ބުނެފައިވާގޮތުން ދެމަފިރިންނަށް ކުއްޖާދިނީ ޝަރުއީގޮތުން ކޯޓުން ފުރިހަމަކުރަންޖެހޭ ކަންކަން ފުރިހަމަ ކުރުމަށް ފަހުގައެވެ. އަދި އެކުއްޖާ އެ ދެމަފިރިންނާ ހަވާލުކުރީ ކުއްޖާ ބެލުމުގެ ތަނަވަސްކަން މަންމަގެ ނެތުމުން ކަމަށްވެސް މަންމައާއި ހަވާލާދީ ބައެއް މީޑިއާ ތަކުގައި ބުނެފައިއެވެ.

ކުޑަކުއްޖާ ގެންދިޔަ ދެމަފިރިން ސޮދަގާތެއްގެ ގޮތުން އެކުއްޖާގެ މަންމައަށް 30000 ރުފިޔާ ދީފައިވާކަމަށްވެސް ބައެއް މީޑިއާތަކުގައި ރިޕޯޓްކޮށްފައި ވެއެވެ.
ހިޔާލު