Saudi Ameeraa egge Mahcha Francegai Dhauvaa Kuranee
image
ސައުދީ ޝާހީ އާއިލާގެ ބައެއް ބޭފުޅުން---
ގުފްތަގު އަޖީރު
0 ކޮމެންޓް
 

ސައުދީ އަމީރާއެއްގެ މައްޗަށް ފްރާންސްގައި ދައުވާ ކުރަނީ

ސައުދީ އަމީރާ ހައްސާ ބިންތު ސަލްމާންގެ ޣައިރު ހާޒިރުގައި އެކަމަނާގެ މައްޗަށް ފްރާންސްގައި މިއަދު ޖިނާއީ ދައުވާ އުފުލަން ނިންމައިފިއެވެ.
ވަލީ އަހުދު މުހައްމަދު ބިން ސަލްމާންގެ ދައްތާފުޅު އަމީރާ ހައްސާގެ މައްޗަށް ޖިނާއީ ދެ ދައުވާއެއް އުފުލުމަށް ފްރާންސްގެ ކަމާ ބެހޭ ފަރާތްތަކުން ވަނީ ނިންމާފައެވެ. އަމީރާ ހައްސާގެ މައްޗަށް ދައުވާ ކުރަން ނިންމާފައިވަނީ 2016 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު ފްރާންސަށް ކުރެއްވި ދަތުރުފުޅެއްގައި ފްރާންސްގައި ހުންނަ ބައްޕާފުޅުގެ ގަނޑުވަރުގައި މަސައްކަތް ކުރަން ހުރި މީހަކު ގާނޫނާ ހިލާފަށް ހައްޔަރުކޮށް އަނިޔާ ކުރި މައްސަލައެއްގައެވެ.

ރޮއިޓާސް އިން ބުނެފައިވާ ގޮތުގައި އަމީރާގެ މައްޗަށް އުފުލާފައިވާ ދައުވާގައި ބުނެފައިވާ ގޮތުގައި ގަނޑުވަރުގައި މަސައްކަތް ކުރަން އުޅުނު އަޝްރަފު އީދު ނަމަކަށް ކިޔާ މީހެއްގެ ދެއަތް ބަނދެ، އަމީރާ ހައްސާގެ ބޮޑީ ގާޑު ލައްވާ އޭނާގެ ގައިގައި ތަޅާފައިވެއެވެ. އަދި އަމީރާގެ ފައިންޕުޅުގައި ގަދަކަމުން އޭނާ ލައްވާ ދޫލާފައިވާ ކަމަށް އަޝްރަފު އީދު ބުނެފައިވެއެވެ.

އެ މައްސަލައާއި ގުޅިގެން އަމީރާގެ ބޮޑީ ގާޑު ވަނީ ފްރާންސްގައި ހައްޔަރުކޮށްފައެވެ. ޣައިރު ހާޒިރުގައި މިއަދު ދައުވާ އުފުލާ އިރު އެ ވާހަކަތައް ހައްސާ ދޮގު ކުރައްވައެވެ. އެ މައްސަލައާއި ގުޅިގެން އަމީރާ ހައްސާ ހައްޔަރު ކުރުމުގެ އަމުރެއް 2017 ވަނަ އަހަރުގެ ނޮވެމްބަރު މަހު ފްރާންސްގެ ކޯޓަކުން ވަނީ ނެރެފައެވެ.
ސައުދީ އަރަބިއްޔާ
ހިޔާލު