Hong Kong ge extradition bill maruvejje
image
ހޮންކޮންގެ ޗީފް އެގްޒެކްޓިވް ކެރީ ލެމް-- ފޮޓޯ: ބިސްނެސް އިންސައިޑާ
ރައްޔާން މުޙައްމަދު
0 ކޮމެންޓް
 

ހޮންކޮންގެ އެކްސްޓްރެޑިޝަން ބިލް "މަރުވެއްޖެ"

ކުށުގެ ތުހުމަތު ކުރެވޭ ފަރާތްތަކުގެ ޝަރީއަތްތައް ހިންގުމަށް ޗައިނާއަށް ފޮނުވާލެވޭ ގޮތަށް ހޮންކޮން ގެ ގާނޫނަށް ބަދަލު ގެންނަން ހުށަހެޅި އެކްސްޓްރެޑިޝަން ބިލް "މަރުވެއްޖެ" ކަމަށް ހޮންކޮންގެ ޗީފް އެގްޒެކްޓިވް ކެރީ ލެމް ވިދާޅުވެއްޖެ އެވެ.
އަންގާރަ ދުވަހު އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ލެމް ވިދާޅުވީ ސަރުކާރުން އެ ބިލް ތަސްދީގުކުރަން ކުރި މަސައްކަތް ނާކާމިޔާބުވެފައިވާ ކަމަށެވެ. ނަމަވެސް ރަސްމީ ގޮތެއްގައި އެބިލް ބާތިލްކޮށްފައިވާ ކަމަށް ލެމް ވިދާޅެއް ނުވެއެވެ.

ހޮންކޮން ގެ ރައްޔިތުންގެ މެދުގައި ޚިޔާލު ތަފާތުވެ އެބިލާ މެދު ނުރުހުން ފާޅުކޮށް މުޒާހަރާ ކުރުމުން އެކްސްޓްރެޑިޝަން ބިލް ކުރިއަށް ގެންދިއުން ވަނީ ޖޫން މަހުގެ 18 ވަނަ ދުވަހުން ފެށިގެން މަޑުޖައްސާލާފަ އެވެ.

ލެމް ވިދާޅުވީ ސަރުކާރުގެ ސަބަބުން ހޮންކޮން ގައި ހަމަނުޖެހުން ހިނގާފައިވާތީ އެކަމަށް އޭނާ މީގެ ކުރިން ވެސް މައާފަށް އެދިފައި ވާނޭ ކަމަށެވެ. އަދި އެކްސްޓްރެޑިޝަން ބިލް ގެ މަސައްކަތް އަލުން ފެށުމާމެދު އަދި ވަކި ގޮތެއް ނުނިންމާ ކަމަށް އޭނާ ވިދާޅުވި އެވެ.

ލެމް މީގެ ކުރިން ވިދާޅުވީ 2020 ވަނަ އަހަރު ހޮންކޮންގެ މިހާރުގެ ގާނޫނު ހަދާ މަޖިލީހުގެ ދައުރު ހަމަވުމުން އެބިލް އުވޭނެ ކަމަށެވެ.

ބިލާ ދެކޮޅު ފަރާތްތަކުން ބުނަމުން ދަނީ ބިލް ގެ ސަަބަބުން ހޮންކޮން ގައި އޮންނަ މިނިވަން ޖުޑިޝަރީގެ ބާރު ކެނޑި، ބިލްގެ އަސާސްތައް ޗައިނާގެ ސަރުކާރާއި ދެކޮޅު ވާފަރާތްތަކަށް އަމާޒު ކުރެވޭނެ ކަމަށެވެ.

އެކްސްޓްރެޑިޝަން ބިލާއި ދެކޮޅަށް ކުރެވުނު ސުލްހަވެރި މުޒާހަރާތަކުގެ ބައިވެރިން މިމަހުގެ އެއް ވަނަ ދުވަހު ވަނީ ހަމަނުޖެހުންތަކެއް ހިންގާ ފައެވެ. އެގޮތުން މުޒާހަރާގެ ބައިވެރިން ވަނީ އެގައުމުގެ ގާނޫނު ހަދާ މަޖިލީސް، ލެޖިސްލޭޓިވް ކައުންސިލް ގެ އިމާރާތަށް ބާރުގެ ބޭނުންކޮށް، ވަދެ ގިނަ އަދަދެއްގެ ގެއްލުންތަކެއް ދީފަ އެވެ.

ކެރީ ލެމް ވަނީ އެ ދުވަހުގެ އަމަލުތައް ވަރަށް ހަރުކަށި އިބާރާތުން ކުށްވެރިކޮށްފަ އެވެ.

މިމަހުގެ ހަތް ވަނަ ދުވަހު ވެސް އެތައްހާސް މީހުންނެއް ވަނީ އެއްވެ މިބިލާއި ދެކޮޅަށް އަޑު އުފުލާފަ އެވެ. މުޒާހަރާގެ ބައިވެރިން ވަނީ ކެރީ ލެމްގެ އިސްތިއުފާ އަށް ވެސް ގޮވާލާފަ އެވެ.

ހޮންކޮން އަކީ އިނގިރޭސިންގެ އިސްތިއުމާރުގެ ދުވަސްވަރު, ސަތޭކަ އަހަރުގެ އެއްބަސްވުމެއްގެ ދަށުން އެ މީހުންގެ ދަށުގައި އޮތުމަށް ފަހު، 1997 ގައި އެނބުރި ޗައިނާއާ ހަވާލުކޮށްފައިވާ ގައުމެކެވެ.
ހިޔާލު