Thilmeeza safeeru kamuge faiykolhu America ge Raees Trump ah aruvvaifi
image
ރާއްޖޭން އެމެރިކާ އަށް ކަނޑައަޅާފައި ހުންނަ ސަފީރު ތިލްމީޒާ ހުސެއިން، އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕާއެކު-- ފޮޓޯ: ތިލްމީޒާ/ ޓްވިޓާ
0 ކޮމެންޓް
 

ތިލްމީޒާގެ ސަފީރުކަމުގެ ފަތްކޮޅު އެމެރިކާގެ ރައީސް ޓްރަމްޕަށް އަރުއްވައިފި

ރާއްޖޭން އެމެރިކާ އަށް ކަނޑައަޅާފައި ހުންނަ ސަފީރު ތިލްމީޒާ ހުސެއިން، ސަފީރުކަމުގެ ފަތްކޮޅު އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕަށް އަރުއްވައިފި އެވެ.
ޓްރަމްޕަށް ސަފީރުކަމުގެ ފަތްކޮޅު ތިލްމީޒާ އަރުވާފައި ވަނީ އެކަމަށްޓަކައި ވައިޓް ހައުސްގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއް ގައެވެ.

ރާއްޖޭގެ ޑިމޮކްރަސީ ކުރިއެރުވުމަށް އެމެރިކާއިން ދެމުންދާ އެއްބާރުލުމަށް ޝުކުރު އަދާކުރައްވާ ތިލްމީޒާ މިއަދު ކުރެއްވި ޓްވީޓެއްގައި ވަނީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ވޭތުވެދިޔަ މަސްތަކުގައި އެމެރިކާއިން ރާއްޖެއާއެކު ބާއްވަމުންދާ ގާތް ގުޅުމަށް ވެސް ޝުކުރު އަދާކުރައްވާފަ އެވެ.

ސަފީރުކަމުގެ މަސްއޫލިއްޔަތާ ތިލްމީޒާ ހަވާލުވެވަޑައިގަތީ މޭ މަހުގެ ތެރޭގަ އެވެ.

މީގެ ކުރިން ތިލްމީޒާ ހުންނެވީ ނިއުޖާސީގެ ރަމަޕޯ ކޮލެޖްގެ އެޑްޖަންކްޓް ޕްރޮފެސާ އޮފް ސަސްޓެއިނެބިލިޓީގެ މަގާމާއި ޔުނައިޓެޑް ސްޓޭޓްސް ކްލައިމެޓް އެކްޝަން ނެޓްވޯކްގެ ސޯޝަލީ އެންޑް އިކޮނޮމިކަލީ ޖަސްޓް އެޑެޕްޓޭޝަން އެންޑް މިޓިގޭޝަން ޓީމްގެ ކޯ-ޗެއާގެ މަގާމުގަ އެވެ.

އެމެރިކާގެ ކޮލޮރާޑޯ ޓެކްނިކަލް ޔުނިވާސިޓީން މާސްޓާ އޮފް ސައިންސް އިން ބިޒްނަސް މެނޭޖްމަންޓު ހާސިލުކުރެއްވި ތިލްމީޒާ ވަނީ އެމެރިކާ އާއި ކެނެޑާއަށް ކަނޑައަޅާފައި ހުންނަވާ ނޮން-ރެޒިޑެންޓް ޑެޕިޔުޓީ އެމްބެސެޑާގެ މަގާމު ވެސް ފުރުއްވާފަ އެވެ.
ހިޔާލު