Vihkaali kuda kujjaa dhaulathuge belumuge dhashah nagaifi
image
މާއިދާ މުހައްމަދު ރަޝާދު
0 ކޮމެންޓް
 

ވިއްކާލި ކުޑަ ކުއްޖާ ދައުލަތުގެ ބެލުމުގެ ދަށަށް ނަގައިފި

ރާއްޖޭގެ ރަށެއްގެ ދެމަފިރިއަކު ލ. އަތޮޅުން ގަތް ކުޑަ ކުއްޖާ، ދައުލަތުގެ ބެލުމުގެ ދަށަށް ނަގައިފި އެވެ.
އެނގިފައިވާ ގޮތުގައި އެ ކުއްޖާ ދައުލަތުގެ ބެލުމުގެ ދަށަށް ނަގާފައި ވަނީ އިއްޔެ ހަވީރު ޖެންޑާ މިނިސްޓްރީން އެރަށަށް ދިޔުމަށް ފަހެވެ.

ދަރިން ނުލިބޭ ދެމަފިރިއަކު ގަނެފައި ވަނީ ގާތްގަނޑަކަށް އެއް އަހަރުގެ އަންހެން ކުއްޖެކެވެ.

ކުއްޖާގެ މަންމައާ ހަވާލާދީ ބައެއް ނޫސްތަކުން ބުނެފައިވާ ގޮތުން ދެމަފިރިންނަށް ކުއްޖާ ދިނީ ޝަރުއީ ގޮތުން ކޯޓުން ފުރިހަމަ ކުރަން ޖެހޭ ކަންކަން ފުރިހަމަ ކުރުމަށް ފަހުގަ އެވެ.

އެކުއްޖާ އެ ދެމަފިރިންނާ ހަވާލުކުރީ ކުއްޖާ ބެލުމުގެ ތަނަވަސްކަން މަންމަގެ ކިބައިގައި ނެތުމުން ކަމަށް ވެސް މަންމައާ ހަވާލާދީ ނޫސްތަކުން ބުނެ އެވެ.

ކުއްޖާ ވިއްކާލި ކަމަށް ބުނާ މައްސަލަ ފުލުހުން ވެސް ދަނީ މިހާރު ތަހުގީގު ކުރަމުންނެވެ.
ހިޔާލު