Customs ah 2 deputy commissionerun ayyanu koffi
image
ފޮޓޯ-- ކަސްޓަމްސް
0 ކޮމެންޓް
 

ކަސްޓަމްސް އަށް ދެ ޑެޕިއުޓީ ކޮމިޝަނަރުން އައްޔަނުކޮށްފި

މޯލްޑިވްސް ކަސްޓަމްސް ސާރވިސް އަށް ދެ ޑެޕިއުޓީ ކޮމިޝަނަރުން އައްޔަނުކޮށްފި އެވެ.
ކަސްޓަމްސްގެ ޑެޕިއުޓީ ކޮމިޝަރުންނަށް އައްޔަނުކޮށްފައި ވަނީ އަބްދުﷲ ޝަރީފާއި މުހައްމަދު މާނިއު އެވެ. އެ ދެ ބޭފުޅުންނަށް މަގާމުގެ ލިޔުން ހަވާލުކުރީ ކަސްޓަމްސް ގައި އޮތް ހަފްލާއެއްގަ އެވެ.

މަގާމުގެ ލިޔުން ހަވާލުކޮށްދެއްވީ ކަސްޓަމްސްގައި ބޭއްވި ރަސްމިއްޔާތެއްގައި ކޮމިޝަނަ ޖެނެރަލް އޮފް ކަސްޓަމްސް އަޙްމަދު ނުޢުމާނެވެ.

ޢަބްދުﷲ ޝަރީފް މިހާތަނަށް ހުންނެވީ ކަސްޓަމްސްގެ ސީނިއާ ސުޕްރިންޓެންޑެންޓުގެ މަގާމުގަ އެވެ. އޭނާ ކަސްޓަމްސް އަށް ހިދުމަތް ކުރައްވާތާ 27 އަހަރު ވެއްޖެ އެވެ.

މާނިއު މިހާތަނަށް ހުންނެވީ ސުޕްރިންޓެންޑެންޓުގެ މަގާމުގައި ކަމަށްވާއިރު އޭނާ ވަނީ ކަސްޓަމްސްގައި 16 އަހަރު ހިދުމަތް ކުރައްވާފަ އެވެ. އަދި ފުލުހުންގެ ވަޒީފާގައި 13 އަހަރު ހިދުމަތް ކުރެއްވި އެވެ.
ކަސްޓަމްސް
ހިޔާލު