Aharenge bank community fundun Nellaidhoogai park eh
image
ނެއްލައިދޫގެ ކޮމިއުނިޓީ ޕާކް ހުޅުވުމުގެ ތެރެއިން-- ފޮޓޯ: ބީއެމްއެލް
ފާތުމަތު ނަޒުފާ އިރުޝާދު
0 ކޮމެންޓް
 

ބީއެމްއެލްގެ "އަހަރެންގެ ބޭންކް" ކޮމިއުނިޓީ ފަންޑުން ނެއްލައިދޫގައި ޕާކެއް އަޅައިފި

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ''އަހަރެންގެ ބޭންކް ކޮމުއިނިޓީ ފަންޑު'' ގެ ދަށުން ހދ. ނެއްލައިދޫގައި ކޮމިއުނިޓީ ޕާކެއް އިއްޔެ ހުޅުވައިފި އެވެ.
މި ފަންޑު އިފްތިތާހު ކުރުމާއެކު ފުރަތަމަ ކުއާޓަރުގައި ފަސް ޕްރޮޖެކްޓެއް ހިންގުމަށް ބީއެމްއެލް އިން އިއުލާންކޮށް ޕްރޮޕޯސަލް ހުށަހަޅަފައިވާ ޕްރޮޖެކްޓްތަކުގެ ތެރެއިން ފަސް ޕްރޮޖެކްޓް ވަނީ ހޮވާފަ އެވެ.

އެގޮތުން ފަންޑަށް ހުށަހަޅާ ޕްރޮޕޯސަލްތަކަކީ ހިލޭ ސާބަހަށް ކުރާ މަސައްކަތްތަކަށާއި، ތައުލީމާއި ކުޅިވަރުގެ ހަރަކާތްތަކުގެ އިތުރުން ތިމާވެށި ހިމާޔަތް ކުރުން ފަދަ ހަރަކާތްތަކަށް އަމާޒުކޮށްގެން ހުށަހަޅާ ޕްރޮޖެކްޓްތަކަށް ވާން ޖެހެ އެވެ.ކޮންމެ ކުއާޓާއެއްގައި ވެސް ހޮވާލެވޭ ޕްރޮޖެކްޓްތަކަށް ބީއެމްއެލްގެ ކޮމިއުނިޓީ ފަންޑުން 50،000 ރުފިޔާ ދިނުމަށް ވަނީ ކަނޑައެޅިފަ އެވެ.

ބީއެމްއެލްގެ ޑެޕިއުޓީ ސީއީއޯ އާއިޝަތު ނޫރައްދީން ވިދާޅުވީ މި ޕްރޮޖެކްޓްތަކުގެ އެހީގައި މުޖުތަމައުގެ ކުރިއެރުމަށާއި ލާބައަށް ކޮށްދެމުންދާ ކަންތައްތަކަށް އިތުރު ފުރިހަމަކަމެއް ލިބިގެންދާނެ ކަމަށެވެ.

"ބީއެމްއެލް ކޮމިއުނިޓީ ފަންޑާ އެކު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިންގަމުންދާ ޕްރޮޖެކްޓުތަކަށް މާލީ ގޮތުން އެހީތެރިކަން ފޯރުކޮށްދެވި، މުޖުތަމައުގެ ކުރިއެރުމަށާއި ލާބަ އަށް އަޅުގަނޑުމެން ކުރަމުންދާ މަސައްކަތްތައް މިވަނީ އިތުރުވެގެން ގޮސްފައި. މިގޮތުން މިއަހަރު ނިމޭއިރު އެއް މިލިއަން ރުފިޔާ މި ފަންޑުގެ ދަށުން ދޫކުރެވިގެންދާނެ. އަޅުގަނޑުމެންގެ އުއްމީދަކީ ކުރިއަށް ހުރި ކުއާޓަރުތަކުގައި ވެސް ވީހާ ވެސް ރަނގަޅު ޕްރޮޕޯސަލްތަކެއް ލިބިގެން ދިޔުން،" އައިޝަތު ނޫރައްދީން ވިދާޅުވި އެވެ.ބޭންކް އޮފް މޯލްޑިވްސް އިން މި އަހަރުގެ ފެބްރުއަރީ މަހު އިފްތިތާހު ކުރި މި ފަންޑަކީ ރަށްރަށުގައި ހިންގުމަށް ބޭނުންވާ ޕްރޮޖެކްޓްތަކަށް އެހީ ފޯރުކޮށްދިނުމުގެ ގޮތުން ހުޅުވި ފަންޑެކެވެ.
ހިޔާލު