Fiyavalhu ehli massalaiga baeh fuluhun social media ga ihthijaaj kuranee
image
ފުލުހުންތަކެއް-- ފޮޓޯ: އަވަސް
3 ކޮމެންޓް
 

އަނިޔާ ކުރުމުން ފިޔަވަޅު އެޅި މައްސަލާގައި ބައެއް ފުލުހުން ސޯޝަލް މީޑިއާގައި އިހުތިޖާޖު ކުރަނީ

ފުލުހުން ހިންގި އޮޕަރޭޝަނެއްގައި މީހަކަށް އަނިޔާކުރި މައްސަލައާ ގުޅިގެން ހަތް ފުލުހަކު ސަސްޕެންޑް ކުރުމުން ބައެއް ފުލުހުން ސޯޝަލް މީޑިއާގައި ހިތްހަމަނުޖެހުން ފާޅުކުރަން ފަށައިފި އެވެ.
ފުލުހުން ސޯޝަލް މީޑިއާގައި އިހުރިޖާޖު ކުރަމުން ދާއިރު، ބައެއް ފުލުހުން ވަނީ އެމީހުންގެ ސޯޝަލް މީޑިއާ އެކައުންޓުތަކުގެ ޕްރޮފައިލް ފޮޓޯ ކަޅު ކުލައަށް ބަދަލުކޮށްފަ އެވެ.

އޭގެ އިތުރުން ބައެއް ޕްރޮފައިލް ފޮޓޯތަކުގައި "ވިތު ޑީއީޑީ" ޖަހާފައި ވެއެވެ. "ޑީއީޑީ" އަކީ ފުލުހުންގެ ޑްރަގް އެންފޯސްމަންޓު ޑިޕާޓްމަންޓުގެ ނަން ކުރުކޮށެވެ.

އެކަމާ ގުޅިގެން ފުލުހުންގެ ރަސްމީ ބަހެއް އަދި ނުލިބެ އެވެ.

ބައެއް ފުލުހުން ހިތްހަމަނުޖެހުން ފާޅުކުރަމުން ދާއިރު، ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ މިއަދު ވިދާޅުވީ އަނިޔާ ކުރި މައްސަލާގައި ހިމެނޭ ފުލުހުންނާ މެދު ވެސް އަމަލު ކުރާނީ އިންސާފުން ކަމަށެވެ.

ލާއިންސާނީ އަނިޔާތަކަށް މި ސަރުކާރުން އެއްބާރުލުން ނުދޭނެ ކަމުގެ ޔަގީންކަން ދެއްވާ ކަމަށާއި އެއްވެސް ހެއްކެއް ނެތި ތުހުމަތުތު ނުކުރުމަށް އެދޭ ކަމަށް ވެސް އިމްރާން ވިދާޅުވި އެވެ.
ފުލުހުން ރޭ ނެރުނު ބަޔާނެއްގައި ބުނީ އަނިޔާ ކުރި މައްސަލާގައި ޖިނާއީ ތަހުގީގެއް ކުރަމުން އަންނަ ކަމަށެވެ. ތަހުގީގު ކުރަމުން ދާއިރު އެކަން ކުރީ ވަކި ބަޔަކު ކަމަށް ބުނެ ސޯޝަލް މީޑިއާގައި ފުލުހުންގެ މުވައްޒަފުންތަކެއްގެ ފޮޓޯ ޖަހާފައި ވާތީ އެކަން ފުލުހުން ވަނީ ކުށްވެރިކޮށްފަ އެވެ. އަދި ދޮގު މައުލޫމާތު ނުފެތުރުމަށް އެދިފައި ވެއެވެ.

ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން ހުކުރު ދުވަހުގެ ރޭ 07:35 ހާއިރު ހިންގި އޮޕަރޭޝަނުގައި މ. އުޖާލާގެ ބަލާފާސްކޮށް އެގެއަށް އައި 36 އަހަރުގެ ބަންގްލަދޭޝް ފިރިހެނަކު މަސްތުވާތަކެއްޗާއެކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނައެވެ. އޭނާ ހައްޔަރު ކުރުމުގެ ތެރޭގައި އަނިޔާކޮށްފައި ވެއެވެ.

ހަމަ އެގޭގައި ދިރިއުޅޭ 28 އަހަރުގެ ފިރިހެނެއް ކުޑަ ދޮރުން ބޭރަށް ފުއްމާލައިގެން ފިލަން މަސައްކަތް ކުރި ކަމަށާއި ފުލުހުން އޭނާގެ ފަހަތުން ދުވެފައި ގޮސް އޭނާ ވެސް ހައްޔަރުކޮށްފައިވާ ކަމަށް އެ ބަޔާނުގައި ވެއެވެ. އެ އޮޕަރޭޝަންގައި 461 ގްރާމުގެ މަސްތުވާތަކެތި އަތުލައިގަތެވެ.
ހިޔާލު

އަލީ ވަލީދު

ފެބްރުއަރީ ސުޕްރީމް އަމުރާ ގުޅިގެން ހައްޔަރު ކުރި ފުލުހުން ގެ ދިފާއުގާ ، ފުލުހުން ތިއްބެވީ ހަނު

ފާތުމަ

ކޮން ނުރުހުމެތައް ފާޅުކުރާކަށް .ކިހާ އަނިޔާއެތަށް އެކުރީ.އަދަބު ލިބެން ޖެހޭނެ ފުލުހެ ކަމަކު.

އަލީރާޖާ

މިއީ ފުލުހުންގެ މަގާމުގައި ތިބެން ޝަރުތު ހަމަވާ ބައެއް ނޫން.