South Arfica ge kureege fandiyaaru Kriegler aa Raees Nasheed bahdhalu kuravvaifi
image
ރައީސް ނަޝީދު ޔޯހަން ކްރީގްލާ އާ ބައްދަލުކުރައްވަނީ-- ފޮޓޯ: ރައްޔިތުންގެ މަޖިލިސް
ރައްޔާން މުޙައްމަދު
0 ކޮމެންޓް
 

ދެކުނު އެފްރިކާގެ ކުރީގެ ފަނޑިޔާރު ކްރީގްލާއާ ރައީސް ނަޝީދު ބައްދަލުކުރައްވައިފި

ރާއްޖޭގެ ޝަރުއީ ދާއިރާ ދިރާސާ ކުރުމުގައި އުޅުއްވާ ދެކުނު އެފްރިކާގެ ރިޓަޔާޑް ފަނޑިޔާރު ޔޯހަން ކްރީގްލާ އާ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދު ބައްދަލުކުރައްވައިފި އެވެ.
އެ ބައްދަލުވުން އޮތީ މިއަދު ރައްޔިތުންގެ މަޖިލީހުގެ އިދާރާގަ އެވެ.

ކްރީގްލާ އަކީ އެޓާނީ ޖެނެރަލް އިބްރާހިމް ރިއްފަތުގެ ދައުވަތަކަށް ރާއްޖެ ވަޑައިގެން އުޅުއްވާ ދެކުނު އެފްރިކާގެ ކޮންސްޓިޓިއުޝަނަލް ކޯޓުގެ ރިޓަޔާޑް ފަނޑިޔާރެކެވެ. ކްރީގްލާ ވަނީ ރިއްފަތާއެކު ރާއްޖޭގެ ޝަރުއީ ނިޒާމުގައި ހުރި މައްސަލަތަކާ ބެހޭ ގޮތުން މަޝްވަރާކުރައްވާފަ އެވެ.

ރާއްޖޭގެ ޝަރުއީ ދާއިރާ ދިރާސާ ކުރުމަށް މައުލޫމާތު ސާފުކުރުމަށް ކްރީގްލާ ވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނާ ވެސް މިދިޔަ މަހު ބައްދަލުކުރައްވާފަ އެވެ. އެ ބައްދަލުވުން ސުޕްރީމް ކޯޓުން ހަމަޖައްސައި ދިނީ އެޓާނީ ޖެނެރަލްގެ އެދުމުގެ މަތިންނެވެ.

ނަމަވެސް ސުޕްރީމް ކޯޓުން ވަނީ އެ ބައްދަލުވުމުގައި ކްރީގްލާ ފަނޑިޔާރުންނަށް އިންޒާރު ދިން ކަމަށް ތުހުމަތުކޮށްފަ އެވެ. އެކަމަށް ރައްދު ދެއްވާ އެޓާނީ ޖެނެރަލް ރިއްފަތު ވިދާޅުވީ ސުޕްރީމް ކޯޓުން އެފަދަ ތުހުމަތެއް ކުރުމަކީ ކްރީގްލާގެ ނަންފުޅަށް ހުތުރުވާ ކަމެއް ކަމަށާއި، ގެއްލިފައިވާ އިތުބާރު އެ ކޯޓަށް އަލުން ނުލިބޭނެ ކަމަށެވެ.
ހިޔާލު