Kujjakah aniyaakoh geyn nereli massala eh fenmathi vejje!
image
އަނިޔާކޮށް ގެއިން ނެރެލާފައި އޮތް ކަމަށް ބުނާ ކުއްޖާ--
1 ކޮމެންޓް
 

ކުއްޖަކަށް އަނިޔާކޮށް ގެއިން ނެރެލި މައްސަލައެއް ޖެންޑާ މިނިސްޓްރީން ބަލަނީ

ރާއްޖޭގެ ދެކުނުގެ ރަށެއްގައި އަނިޔާކޮށް ކުއްޖަކު ގެއިން ނެރެލާފައިވާ މައްސަލައެއް ޖެންޑާ މިނިސްޓްރީން ބަލަން ފަށައިފި އެވެ.
އަށާރަ އަހަރު ނުފުރޭ ފިރިހެން ކުއްޖަކު ގެއިން ނެރެލާފައި އޮތް ވީޑިއޯއެއް މިހާރު ސޯޝަލް މީޑިއާގައި ދަނީ ދައުރުވަމުންނެވެ.

އެ ވީޑިއޯއިން ފެންނަނީ ފިތުރޯނު ގަހެއްގެ ދޮށުގައި އެކުއްޖާ އޮށޯވެގެން އޮންނަ މަންޒަރެވެ. ބެލެވޭ ގޮތުގައި އެ ކުއްޖާ އޮތީ އެތަނުގައި ނިދާފަ އެވެ.

އެ މައްސަލަ ބަލަމުން އަންނަ ކަމަށް ޖެންޑާ މިނިސްޓްރީގެ އެސިސްޓަންޓް ޑިރެކްޓަރު އިބްރާހީމް މުހައްމަދު ވިދާޅުވި އެވެ. ނަމަވެސް އެކަމުގެ ތަފްސީލެއް ނުދެއްވަ އެވެ.

ފަހަކަށް އައިސް ކުޑަކުދިންގެ މައްސަލަތައް އިތުރުވަމުން އަންނައިރު ރޭ ވެސް ވަނީ ރާއްޖޭގެ ރަށެއްގައި ކުޑަ ކުއްޖަކު ވިއްކާލި މައްސަލައެއް ފެންމަތިވެފަ އެވެ.
ހިޔާލު

.ފެންވަރު

.ތި ހުރިހާ ނުބައި ކަމެއްގެ އަސްލަކީ މި ސަރުކާރު މި ސަރުކާރަރަކީ އަނިޔާވެރި ސަރުކާރެއް ކަމުގެ އަލިގަދަ ދަލީލެއް،
.މިސަރުކާރު އައީ އަނިޔާއޭ ވައްކަމޭ ިނސާފޭ އެއްމެނަށް ހަމަހަމަކަމޭ ގައުމޭ މަސްވެރީންނޭ އިސްޓިކާއޭ އިގުތހިސާދޭ މިހެން ގޮސް ނުގޮވާއެއްޗެއް ނެތް،
.ވެރިކަމަށް އައިއްސަ މި ހުރިހާކަމކުން ވެސް ކުރަނީ އަނުޔާ ވައްކަން އެހެންވެ ރައިއްޔަތުން ވެސް އެ ފެށީ ސަރުކާރުން ކުރާ ކަންތައް ތައް ތަންފީޒު ކުރަން.