Rah rashuga gedhoru alhan MMA ge lui loan eh
image
އެމްއެމްއޭގެ ގަވަރުނަރު އަހްމަދު ނަސީރު-- ފޮޓޯ: އެމްއެމްއޭ/ ޓްވިޓާ
ރައްޔާން މުޙައްމަދު
0 ކޮމެންޓް
 

ރަށްރަށުގައި ގެދޮރު އަޅަން އެމްއެމްއޭ އިން ފަހެއް އިންސައްތައިގެ ލޯނެއް ދޫކުރަނީ

އަތޮޅުތަކުގެ ރަށްރަށުގައި ގެދޮރު އިމާރާތް ކުރުމަށް ފަސް އިންސައްތައިގެ އިންޓްރެސްޓް ރޭޓެއްގައި ލޯނު ދޫކުރަން ރައްޔާރުވަމުންދާ ކަމަށް މަރުކަޒީ ބޭންކް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބުނެފި އެވެ.
އެމްއެމްއޭއަށް 38 އަހަރު ފުރުން ފާހަގަކުރަން ދަރުބާރުގޭގައި އާދީއްތަ ދުވަހުގެ ރޭ ބޭއްވި ހަފްލާގައި ގަވަރުނަރު އަހްމަދު ނަސީރު ވިދާޅުވީ ގެދޮރު އަޅަން ތައާރަފުކުރި ލޯނު ސްކީމްގެ ތިންވަނަ ފިޔަވަހީގައި އަތޮޅުތަކަށް ފަސް އިންސައްތައިގެ ރޭޓުން، އެއް މިލިއަން ރުފިޔާގެ ލޯނު ސްކީމެއް ފެށުމަށް ތައްޔާރުވެފައިވާ ކަމަށެވެ.

ނަމަވެސް މި ލޯނު ސްކީމާ ބެހޭ ތަފްސީލެއް ގަވަރުނަރު ދެއްވާފައެއް ނުވެއެވެ.

ގެދޮރުގެ ދަތިކަން ހުރި ފަރާތްތަކަށް ގެދޮރު އެޅުމަށް ބޭނުންވާ ފައިސާ ހޯދޭނެ ލުއި ފަސޭހަ ގޮތެއް ހޯދައި ދިނުމުގެ މަގުސަދުގައި ދޫކުރާ ލޯނު ސްކީމް ފުރަތަމަ ތައާރަފް ކޮށްފައިވަނީ 2017 ވަނަ އަހަރު އެވެ. އެމްއެމްއޭ އިން ތައާރަފް ކޮށްފައިވާ ލޯނު ސްކީމަށް ފައިސާ ދޫކުރާނީ ބޭންކުތައް މެދުވެރިކޮށެވެ.

އެ ލޯނު ސްކީމްގެ ފުރަތަމަ ފިޔަވަހީގައި 53 ފަރާތެއްގެ ޑައުން ޕޭމަންޓަށްވާ ފައިސާގެ ގެރެންޓީ ވަނީ ދީފަ އެވެ. އެއީ 24 މިލިއަން ރުފިޔާ އެވެ. އަދި ސްކީމްގެ ދެވަނަ ފިޔަވަހީގެ ދަށުން 75 ފަރާތަކަށް އެމްއެމްއޭ އިން ވަނީ ލޯނު ދޫކޮށްފަ އެވެ.

ޓާޓާ ފްލެޓް ލިބުނު ފަރާތަތަކަށް އިސްކަން ދީގެން ތައާރަފްކޮށްފައިވާ އެ ލޯނު އަނބުރާ ދެއްކުމަށް 25 އަހަރު ލިބެއެވެ. އެ ލޯނު ސްކީމްގެ ދަށުން ނެގޭ އެންމެ ބޮޑު ލޯނަކީ 2.2 މިލިއަން ރުފިޔާ އެވެ. އިންޓަރެސްޓް ރޭޓް ބިނާ ވަނީ ޑައުންޕޭމަންޓް ދައްކާ އަދަދެއްގެ މައްޗަށެވެ.
ހިޔާލު