Mi hafthaa bandhugai hafthaa ress Hulhumale ah
image
ހަފުތާ ރެސްގެ ތެރެއިން--
0 ކޮމެންޓް
 

މިހަފުތާ ބަންދުގައި "ހަފްތާ ރެސް" ހުޅުމާލެއަށް

މުނިފޫހިފިލުވުމުގެ ހަރަކާތްތަކާއެކު ހަފްތާ ބަންދުގައި ޔޫތު މިނިސްޓްރީން ބާއްވަމުން އަންނަ ހަފުތާ ރެސް މި ހަފުތާ ބަންދުގައި ހުޅުމާލޭގައި ބާއްވަން ޔޫތު މިނިސްޓްރީން ނިންމައިފި އެވެ.
ޔޫތު މިނިސްޓްރީން ބުނީ، އަންނަ ހުކުރު ދުވަހު ހަފުތާ ރެސް ބާއްވާނީ ހުޅުމާލޭ ރުއްގަނޑު ސަރަހައްދުގައި ކަމަށާއި އަދި ޖެހިގެން އަންނަ ހަފުތާ ބަންދުގައި ވިލިމާލޭގައި ހަފުތާ ރެސް ބޭއްވޭނެ ކަމަށެވެ.

މީގެ ކުރިން މާލޭ ރަސްފަންނު ސަރަހައްދުގައި ހަފްތާ ރެސް ބާއްވަމުން އައިއިރު އެ ސަރަަހައްދު ބަދަލު ކުރުމަށް މާލޭ ސިޓީ ކައުންސިލުން ވަނީ އެ މިނިސްޓްރީ އާއެކު މަޝްވަރާކޮށްފަ އެވެ.

ގިނަ ރައްޔިތުންތަކެއް އެއް ތަނަކުން ބައްދަލުވެ ވަގުތު ހޭދަކޮށްލުމަށް މަގުފަހި ކުރުމުގެ ގޮތުން ބާއްވަމުން އަންނަ ހަފުތާ ރެސް ފަށާފައި ވަނީ މިދިޔަ ޑިސެމްބަރު މަހުގެ 29 ވަނަ ދުވަހެވެ.

މުދާ ވިއްކާ ސްޓޯލްތަކާއެކު ކުރިއަށްދާ އެ ހަރަކާތުގައި ކުޑަކުދިންގެ ހަވީރާއި އަދި މުނިފޫހިފިލުވުމުގެ ހަރަކާތްތައް ވެސް ކުރިއަށް ދެއެވެ.
ހިޔާލު