Maaliyyathu committee inn ninmi 10 audit report faaskoffi
image
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން--
0 ކޮމެންޓް
 

ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ނިންމި 10 އޮޑިޓް ރިޕޯޓެއް ފާސްކޮށްފި

މާލިއްޔަތު ކޮމިޓީން ދިރާސާކޮށް ނިންމާފައިވާ 10 އޮޑިޓް ރިޕޯޓެއް މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މާލިއްޔަތު ކޮމެޓީން ދިރާސާ ކުރި 10 އޮޑިޓް ރިޕޯޓު ފާސްކޮށްފައި ވަނީ ވޯޓުގައި ބައިވެރިވި 74 މެމްބަރުންގެ އިއްތިފާގުންނެވެ.

އެ އޮޑިޓް ރިޕޯޓްތަކަކީ އެކިއެކި ޕްރޮޖެކްޓްތަކާ ގުޅޭ 2013 ވަނަ އަހަރުން ފެށިގެން 2016 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓްތަކެކެވެ.

އެ ރިޕޯޓްތަކަކީ ނިމިދިޔަ 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް ހުށަހެޅިފައިވާ ރިޕޯޓުތަކުގެ ތެރެއިން ބައެއް ރިޕޯޓްތަކެކެވެ.

މާލިއްޔަތު ކޮމެޓީން ބުނެފައިވާ ގޮތުގައި މިހާރު ހިނގަމުންދާ 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީން ފުރަތަމަ ނިންމަމުން ދަނީ ފައިނޭޝަލް މައްސަލައެއް ނެތް ކަމަށް ފާހަގަ ކުރެވޭ އޮޑިޓް ރިޕޯޓްތައް ކަމަށެވެ.

އެ ކޮމެޓީން ވަނީ ސަރުކާރުގެ އަދި ދައުލަތުގެ ބައެއް މުއައްސަސާތަކުގެ އޮޑިޓް ރިޕޯޓްތަކުގެ ކޮރަޕްޝަނުގެ މައްސަލަތައް ހިމެނޭ ކަމަށާއި ހާއްސަކޮށް ސަރުކާރުގެ ކުންފުނިތަކުގެ އޮޑިޓް ރިޕޯޓްތަކުގައި ބޮޑެތި ފައިސާގެ ހިޔާނާތުގެ މައްސަލަތަކާއި ކޮރަޕްޝަނުގެ މައްސަލަތައް ހުރިކަމަށް ފާހަގަ ކޮށްފަ އެވެ. އަދި މަޖިލީހުގައި ނިންމާ ގިނަ އޮޑިޓް ރިޕޯޓްތަކެއް ހުރި ކަމަށް ވެސް އެކޮމެޓީން ވަނީ ފާހަގަކޮށްފަ އެވެ.
ހިޔާލު