Tsunami ah fahu housing unit elhumuga ves corruption!
image
ގއ. ވިލިނގިލީގައި އެޅި ހައުސިން ޔުނިޓު-- ފޮޓޯ: ސޯޝަލް މީޑިއާ
0 ކޮމެންޓް
 

ސުނާމީ އަށް ފަހު ހައުސިން ޔުނިޓު އެޅުމުގައި ވެސް ކޮރަޕްޝަން!

ޑިސެމްބަރު 2004 ގެ ސުނާމީ ކާރިސާއާ ގުޅިގެން ގއ. އަތޮޅުގައި އެޅި ހައުސިން ޔުނިޓްތައް ހެދުމުގައި ކޮރަޕްޝަންގެ އަމަލުތަކެއް ހުރިކަން ހާމަވެއްޖެ އެވެ.
ދެހާސް އަށްވަނަ އަހަރު ކުރިއަށް ދިޔަ ބޯހިޔާވަހިކަމުގެ މަޝްރޫއާ ގުޅޭ އޮޑިޓް ރިޕޯޓާ ބެހޭ ގޮތުން މިއަދު ވަނީ ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމުގައި މަޝްވަރާކޮށްފަ އެވެ.

އެގޮތުން ގއ. އަތޮޅުގައި ހިންގި ބޯހިޔާވަހިކަމުގެ މަޝްރޫއުގެ ތެރެއިން އެ އަތޮޅުގެ ހަތަރު ރަށެއްގައި 298 ހައުސިން ޔުނިޓު އެޅުމަށް އެއްބަސްވެފައި ވަނީ ވިމްލާ ކޮންސްޓްރަކްޝަނާއެކު 225 މިލިއަން ރުފިޔާ އަށެވެ.

އެކަމަކު އެ ޕްރޮޖެކްޓަށް ވަނީ ޖުމުލަ 382 މިލިއަން ރުފިޔާ ހަރަދުވެފަ އެވެ. އިތުރަށް 156 މިލިއަން ރުފިޔާ ހަރަދު ކޮށްފައިވާއިރު، އެއީ ބަޖެޓް ކުރެވުނު އަދަދަށް ވުރެ 34 މިލިއަން ރުފިޔާ ބޮޑު އަދަދެކެވެ.

ގއ. އަތޮޅުގެ ހަތަރު ރަށެއްގައި 298 ހައުސިންގް ޔުނިޓް އަޅާފައިވާއިރު އޭގެ ތެރޭގައި ދާންދޫގައި 87 ހައުސިން ޔުނިޓާއި މާމެންދޫގައި 84 ހައުސިން ޔުނިޓާއި ވިލިނގިލީގައި 77 ހައުސިން ޔުނިޓު އަދި ނިލަންދޫގައި 50 ހައިސިން ޔުނިޓް ހިމެނެ އެވެ.
ހިޔާލު