JP ge officiallunaa South Africa ge fandiyaaru Kriegler bahdhalu kuravvaifi
image
ޖުމްހޫރީ ޕާޓީން ކްރީގްލާއާ ބައްދަލުކުރައްވަނީ-- ފޮޓޯ: ޖޭޕީ/ ޓްވިޓާ
ރައްޔާން މުޙައްމަދު
0 ކޮމެންޓް
 

ދެކުނު އެފްރިކާގެ ކުރީގެ ފަނޑިޔާރު ކްރީގްލާ ޖޭޕީގެ އޮފިޝަލުންނާ ބައްދަލުކުރައްވައިފި

ޝަރުއީ ނިޒާމު ދިރާސާ ކުރެއްވުމަށް އެޓާނީ ޖެނެރަލްގެ ދައުވަތަކަށް ރާއްޖެ ވަޑައިގެން އުޅުއްވާ އެފްރިކާގެ ކޮންސްޓިޓިއުޝަނަލް ކޯޓުގެ ރިޓަޔާޑް ފަނޑިޔާރު ޔޯހަން ކްރީގްލާ އާ ޖުމްހޫރީ ޕާޓީގެ ބޭފުޅުން ބައްދަލުކޮށްފި އެވެ.
ޖުމްހޫރީ ޕާޓީގެ މައި އޮފީސް ކުނޫޒުގައި މިއަދު އޮތް ބައްދަލުވުމުގައި ކްރީގްލާއާ ބައްދަލުކުރެއްވީ އެޕާޓީގެ ހާރިޖީ ގުޅުންތަކުގެ ކޮމިޓީގެ މުގައްރިރު ޑރ. އާސިމް އަހްމަދު އަދި ސެކެރެޓަރީ ޖެނެރަލް ހުސައިން ރަޝީދެވެ.

ކްރީގްލާގެ އިތުރުން އދ.ގެ ޔޫއެންޑީޕީ ކޮންސްޓިޓިއުޝަނަލް ތަޖުރިބާކާރު ޖޭސަން ގްލަކް އަދި މިސް އެލިޒަބަތް ވެސް އެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި އެވެ.

މިއަދު އޮތް ބައްދަލުވުމުގައި އެބޭފުޅުން ވަނީ ރާއްޖޭގެ ޝަރުއީ ނިޒާމް އިސްލާހު ކުރުމާ ބެހޭ ގޮތުން މަޝްވަރާކުރައްވާފަ އެވެ.

ކްރީގްލާ މިއަދު ވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދާ ވެސް ބައްދަލުކުރައްވާފަ އެވެ. އެ ދެބޭފުޅުން ބައްދަލުކުރެއްވީ ރައްޔިތުންގެ މަޖިލީހުގެ އިދާރާގާ އެވެ.

އެޓާނީ ޖެނެރަލް އިބްރާހީމް ރިއްފަތު ގެ ދައުވަތަށް ރާއްޖެ ވަޑައިގެން ކްރީގްލާ ވަނީ މިދިޔަ މަހު ސުޕްރީމް ކޯޓުގެ އިސް ފަނޑިޔާރުންނާ ވެސް ބައްދަލުކުރައްވާފަ އެވެ.
ހިޔާލު