Haajaragey luthufi raajje genesfi
image
ލުތުފީގެ ފަހުގެ ފޮޓޯއެއް: ފޮޓޯ ސޯޝަލް މީޑިއާ
ސީއެންއެމް
1 ކޮމެންޓް
 

ހާޖަރާގޭ ލުތުފީ ރާއްޖެ ގެނެސްފި

1988 ނޮވެމްބަރު ތިނެއްގެ އުދުވާނީ ހަމަލާގެ އެންމެ އިސް މޭސްތިރި ހ ހާޖަރާގޭ އަބްދުﷲ ލުތުފީ މިރޭ ރާއްޖެ ގެނެސްފި އެވެ.
ފުލުހުންގެ ހާއްސަ ޓީމެއްގެ ބެލުމުގެދަށުން ސްރީލަންކާއިން ލުތުފީ ރާއްޖެ ގެނެސްފައުވަނީ އެމިރޭޓްސްގެ އީކޭ 653 ފްލައިޓުން މިރޭ 21:30 ގައެވެ.

ލުތުފީ ރާއްޖެ ގެނައުމާއިއެކު އެމްއެންޑީއެފްގެ ކާރެއްގައި އޭނާވަނީ ގެންގޮސްފައެވެ. ނަމަވެސް އޭނާ ގެންދިޔަ ވަކިތަނެއް ސާފެއް ނުވެއެވެ.

މަރުގެ ހުކުމް އިއްވާ، ކުރީގެ ރައީސް މައުމޫނުގެ ވެރިކަމުގައި އެހުކުމް 25 އަހަރުގެ ޖަލު ހުކުމަކަށް ބަލަދުކޮށް، ހުކުމް ތަންފީޒް ކުރަމުން ދަނިކޮށް ލުތުފީ ފިލާފައިވަނީ 2010 ވަނަ އަހަރު ބޭއްފަރުވާއަކަށް ފޮނުވުމުންނެވެ.

ލަންކާގައި ހުންނަ ދިވެހި އެމްބަސީއަށް ގޮސް އަމިއްލައަށް ލުތުފީ ދިވެހި ސަރުކާރާއި ހަވާލުވެފައިވަނީ މިދިޔަ މެއި މަހުގެ އެއް ވަނަ ދުވަހުއެވެ. ލުތުފީ ރާއްޖެ ނުގެނެވި މިހާތަނަށް ލަސްވެފައިވަނީ ލަންކާގެ ކަމާބެހޭ އިދާރާތަކުން ނިންމަންޖެހޭ ކަންކަން ނުނިމިގެންނެވެ.
ހިޔާލު

ހަގީގަތް

ބާޢީ ލުތުފީ އޭ ލިޔަން ނުކެރިގެން ތިއުޅެނީ ރޫހާނީ ދެކެ ގިރުންތަ؟