Luthufi Raajje genaumun Raees Nasheed ge thaureef, Raees aai Home minisater aai CP ah
image
ރައީސް ނަޝީދު މަޖިލިސް ޖަލްސާއެއްގައި
ސީއެންއެމް
1 ކޮމެންޓް
 

ރައީސް ނަޝީދުގެ ތައުރީފް ރައީސް އާއި ހޯމް މިނިސްޓަރު އަދި ސީޕީއަށް

3 ނޮވެމްބަރު 1988 ވަނަ ދުވަހު ރާއްޖެއަށް ދިން އުދުވާނީ ހަމަލާގެ ކަންކަމުގައި އެންމެ އިސްކޮށް އުޅުނު ހާޖަރާގޭ ބާގީ އަބްދުﷲ ލުތުފީ ރާއްޖެ ގެނައުމުން، ރާއްޖޭގެ ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ މިހާރުގެ ރައީސް ރައީސް މުހައްމަދު ނަޝީދު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އާއި ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދަށް ތައުރީފް ކުރައްވައިފިއެވެ.
ލުތުފީ ރާއްޖެ ގެނެސްފައިވަނީ މިރޭ 21:30 ގައި އަންނަ އެމިރޭޓްސްގެ ފްލައިޓުނެވެ.

ރައްޔިތުންގެ މަޖިލީހުގެ އިއްޔެގެ ޖަލްސާގައި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވަނީ މީގެކުރިން 2014 ވަނަ އަހަރުވެސް ލުތުފީ ހުރިތަން ފުލުހުންނަށް އެނގިގެން ގެންނަން މަސައްކަތް ކުރެއްވި ކަމުގައެވެ. ނަމަވެސް އެކަމަށް އޭރުގެ ހޯމް މިނިސްޓަރު އެއްބާރުލުން ނުދެއްވިކަމަށް އިމްރާން ވިދާޅުވިއެވެ. އެދުވަސްވަރު ހޯމް މިނިސްޓަރަކަށް ހުންނެވީ އުމަރު ނަސީރެވެ.

ނަމަވެސް އެކަން އުމަރު ނަސީރުގެ އިތުރުން ކުރީގެ ތިން ޕޮލިސް ކޮމިޝަނަރުން ދޮގު ކުރައްވައެވެ.

ލުތުފީ މިރޭ ރާއްޖެ ގެނައުމުން ރައީސް ނަޝީދު ކުރެއްވި ޓްވިޓެއްގައި ވިދާޅުވީ މަޖިލީހުގެ ޖަލްސާއެއްގައި ހޯމް މިނިސްޓަރު އިމްރާން އިތުރުފުޅު ހައްދަވާނެކަމަށް ދެކިގެން ނުވާނެކަމަށާއު އެތައް ޕޮލިސް ކޮމިޝަނަރުންނަކާއި އެތައް ހޯމް މިނިސްޓަރުންނެއްގެ ދައުރު ނިމިގެން ދިޔައިރުވެސް ލުތުފީ ރާއްޖެ ގެނެވިފައި ނުވާ ކަމުގައެވެ.މީގެ އިތުރުން ލުތުފީ ރާއްޖެ ގެނެވިފައި މިވަނީ ރައީސް ސޯލިހް ވެރިކަމުގައި ހޯމް މިނިސްޓަރުގެ މަޤާމްގައި އިމްރާން ހުންނަވަނިކޮށް އަދި ސީޕީ ހަމީދުގެ ކޮމިޝަނަރުކަމުގައި ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ހުކުމްތަންފީޒް ކުރަމުން ދަނިކޮށް ލުތުފީ ފިލާފައިވަނީ 2010 ވަނަ އަހަރުގެ ޖެނުއަރީ މަހު ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ފޮނުވުމުންނެވެ.

ލުތުފީ އަލުން ހައްޔަރުކޮށްފައިވަނީ މިދިޔަ މެއި މަހުގެ އެއް ވަނަ ދުވަހު ލަންކާގައި ހުންނަ ރާއްޖޭގެ އެމްބަސީއަށް ދިއުމުންނެވެ. ތުލުފީ ރާއްޖެ ގެންނައިރު އޭނާގެ ހުކުމުގައި ބާކީ ދެންއޮތީ ހަތަރު ވަރަކަށް އަހަރެވެ.
ހިޔާލު

ރރރރ

ނަޝީދު ކަލޭ ތީކާކު އަނގަތަޅަން؟ މާ މޮޅު މީހެއް ކަމަށް ހެދިގެން އެބަ އުޅެއެއްނުން. ނަޝީދުގެ ސަރުކާރުގަ ލުތުފީ ފިލައިގެން ދިޔައީ، މިކަލޭގެ ނުވެސްއުޅޭ އެބޮޑު ބާޢީ ހޯދަންވެސް. އަދި ނުވި ތަނަކަށް މި ލުތުފީއަށް ހިމާޔަށް ދީގެން މި ކަލޭގެ އުޅުނީ