Profile photo kalhu kuri fuluhunnaa medhu fiyavalhu alhan govaalaifi
image
ހުޅުމާލެ ދާއިރާގެ މެމްބަރު އަލީ ނިޔާޒު--
5 ކޮމެންޓް
 

ޕްރޮފައިލް ފޮޓޯ ކަޅު ކުރި ފުލުހުންނާ މެދު ފިޔަވަޅު އަޅަން ގޮވާލައިފި

މިދިޔަ ހުކުރު ދުވަހު މަސްތުވާތަކެތީގެ އޮޕަރޭޝަނެއް ހިންގުމުގެ ތެރޭގައި މީހަކަށް އަނިޔާ ކުރުމުން ހަ ފުލުހަކު ސަސްޕެންޑު ކުރުމުން، ބައެއް ފުލުހުން ސޯޝަލް މީޑިއާގައި ކުރި އިހުތިޖާޖު ތަހުގީގު ކުރަން މިއަދު ރައްޔިތުންގެ މަޖިލީހުގައި ގޮވާލައިފި އެވެ.
އިއްޔެ ބައެއް ފުލުހުން ވަނީ އެމީހުންގެ ސޯޝަލް މީޑިއާ އެކައުންޓުތަކުގައިވާ ފޮޓޯ ކަޅު ކުލައަށް ބަދަލުކޮށް "ވިތު ޑީއީޑީ" ޖަހާފަ އެވެ. އެމީހުން އެކަން ކުރީ ސަސްޕެންޑު ކުރި ޑްރަގް އެންފޯސްމަންޓް ޑިޕާޓުމަންޓުގެ ފުލުހުންނާ އެއްކޮށް ތިބިކަން އެންގުމަށެވެ.

އެކަމާ ގުޅިގެން މިއަދު މަޖިލިސް ތަޅުމުގައި "ވިސްލްބްލޯކުރާ ފަރާތްތައް ރައްކާތެރިކުރުމުގެ ބިލް" އަށް ބަހުސް ކުރައްވަމުން ހުޅުމާލެ ދާއިރާގެ މެމްބަރު އަލީ ނިޔާޒު ވިދާޅުވީ ކުށް ފަޅާއަރުވާލުން، ކުށަކަށްވާނަމަ، ކުށް ބަޔާންކޮށް އަދަބު ކަނޑައަޅާ ގާނޫނު ހެދުމުގެ އެއްވެސް ބޭނުމެއް ނެތް ކަމަށެވެ. އަދި ވިސްލްބްލޯކުރުން ނުވަތަ ކަމެއް ފަޅާއަރުވާލުމުން އޭގައި ހަގީގަތެއް ވާނެ، މިހާތަނަށް "އަޑެއް ކިޔައިފިއްޔާ ރަނދެއްލާފައި" ހުރި ކަމަށެވެ.

"ޑިސިޕްލިނަރީ ފިޔަވަޅެއް ހަ ފުލަކާމެދު އެޅީމާ ޕްރޮފައިލް ކަޅު ކުރި މީހުންގެ ނިޔަތުގައި އޮތީ ކޮންކަޅުކަމެއްތޯ ބަލަންޖެހޭ. އެމީހުންނާ މެދު ފިޔަވަޅު އެޅެން އެބަޖެހޭ. ވިސްލް މިއޮތީ ބްލޯ ކުރެވިފައި، ދެން އެކަންބަލަންވީ، ކަމެއްވާއިރަށް ޕްރޮފައިލް ކަޅުނުކޮށް، ތެދުވެރިކަމާއެކު ހިދުމަތްކުރާނޭ ނޫކަށިފުރައިގެ ޒުވާނުން ރާއްޖޭގައި އެބަތިބި. މި ގައުމު ބޭނުންވަނީ ސާފު ހުދު ޕްރޮފައިލާއެކު މަސައްކަތް ކުރާ މީހުން،" ނިޔާޒު ވިދާޅުވި އެވެ.

ނިޔާޒު ވިދާޅުވީ، މީގެކުރިން ބަޣާވާތް ކުރާ ވާހަކަ އަޑުއިވި، އެކަން ވެސް ކޮށްފައިވާ ކަމަށެވެ. އަދި މިހާރު އަނެއްކާ ވެސް ފުލުހުންގެ މައްސަލަތަކެއް ފެންމަތިވެ، އަނެއްކާ ވެސް ބަޣާވާތެއްގެ އަޑުތައް އިވެން ފަށާފައިވާ ކަމަށާއި، މިފަދަ ޖަރީމާތައް އަދި ދައުލަތުގެ މުދަލާއި ފައިސާއަށް ހިޔާނާތްތެރިވާ މައްސަލަތައް ފަޅާ އަރުވާލާ މީހުންނަށް ރައްކާތެރިކަން ލިބެންޖެހޭ ކަމަށެވެ.

ނިޔާޒު ވިދާޅުވީ، ދައުލަތުގެ އެންމެބޮޑު ހިޔާނާތް ކަމަށްވާ އެމްއެމްޕީއާރުސީގެ ހިޔާނާތުގައި ހިމެނޭ، ބޭންކް އޮފް މޯލްޑިވްސް މެދުވެރިކޮށް ހިންގާފައިވާ ކަންކަން އެ ބޭންކުގެ މުވައްޒަފެއް ފަޅާއަރުވާލުމުން، އޭނާލީ ޖަލަށް ކަމަށެވެ. އަދި އަށް މަސް ފަހުން ޖަލުން ސަލާމަތްވެގެން ވަޒީފާއެއް ހޯދުން އެއީ އޭނާއަށް ކުރިމަތި އެންމެ ބޮޑު ގޮންޖެހުން ކަމަށްވެސް ނިޔާޒު ވިދާޅުވި އެވެ. އެއީ ކުށުގެ ރެކޯޑު އޮތުމުންނެވެ.
ހިޔާލު

އަލީ

ޕޮރޮފައިލް ކަޅުކުރުމަކީ ކުށެއް ނޫން. ނޫސްވެރިންނަށް މިވަރު ހަބަރުތެރެއިން ލިޔެލަން ނުކެރެންޏާ މިނިވަނޭ ނުކިޔާ.

ހުދުކަރުދާސް

ނިޔާޒު ހުޅުމާލޭ މެމްބަރުކަން ހޯއްދަވައިގެން ތިޔަ ހުންނެވީ ސާފު ސީދާ ތެދުމަގުގައި ހުންނަވައިގެން އެއްވެސް ރިޝްވަތެއް ނުދެއްވައި ރިޝްވަތުގެ ހަޑިމުޑުދާރުކަމެއްނެތި އެއްވެސް ނުފޫޒެއް ފޯރުވުމެއްނެތި އެއްވެސް ބާރެއް ބޭނުންކުރެއްވުމެއްނެތި ހަމަ ފޮތުގައޮތް ގޮތަށްކަމަށްވާނަމަ ތިޔަކަހަލަ ވާހަކަ ދެއްކުން ވަރަށް ރަނގަޅު އަދި އެވާހަކަތައް ޤަބޫލްކުރަންވެސް ފަސޭހަވާނެ

ޙުސެން

މި ބާޣީން ގެ މައްސަލަތަށް ބަލާ އަވަސް،ފިޔަވަޅެއް އަޅަންޖެހެއެވެ.ޤާސިމް އަށް،ވަޤުތުން ފިޔަވަޅު އަޅާ ދެން ތިބި މުއައްޒަފުންނަށް ބިރު ދައްކައިގެން ވަނީ ވައްކަމުގެ އަޑު ކަނޑުވާފައެވެ. ޤާނޫނު މުގުރާ ފުލުހުންނާއި އެއްބައިވާނީ ހަމަ ޤާނޫނު މުގުރާމީހުންނެވެ. މި ފަދަ މީހުން ޤާނޫނު ނަގަހައްޓާ މުއައްސަސާއެއްގައިނުބޭތިއްބޭނެ އެވެ.

ޅަބޭބާ

މާބޮޑަށްވެސް ބަލަންޖެހޭ. އެވެރިންވެސް ސައިޒުގަ ތިބެގެން ނޫނި ހައްލެއްނެތް! މާ ފުއްޕާފަ ހިތުހުރިގޮތަކަށް މިހާރު އުޅެނީ!

ބޯގޯސް

އެމްޑީޕީ ކޮންމެ ވެރިކަމެއްގައި ވެސް ފުލުހުންނާއި ވިއްދާލާނެ. އެއީ އެމްޑީޕީ ވެރިކަން ނިމުމައް އަންނާނެކަމެއް. ކުރިންވެސް ވަރަށް ހިތިރަހަ ލާފަހުންނާނީ. އެހެންނޫނަސް މަޖީލުގައި މާތް ލަގަބު ހޯދާއިގެން ތިބި މީހުންނަކީ ކުށެއްގެ ތުހުމަތުގައި ނުވަތަ ޑްރަގްގެ މައްސަލައެއްގައި ހަޔަރު ކޮއްފައި ތިބި ބައެއް. އެހެންވީމަ އެމީހުން ބޭނުން ނުވާނެ އެއްވެސް މީހަކު ޑްރަގުގެ މައްސަލައެއް ގައި ހައްޔަރު ކުރަން. ކުއްވެރިން އަބަދުވެސް ކުއްވެރިންގެ ދިފާއުގައި ނިކުންނާނެ.