Papua New Guinea ga gabilaa ehge 16 meehun maraalaifi
image
ޕަޕުއާ ނިއު ގިނީ ގެ ގަބީލާއަކުން މަރާލާފައިވާ މީހުން-- ފޮޓޯ: ޕިލްސް ކިލޯ
ރައްޔާން މުޙައްމަދު
0 ކޮމެންޓް
 

ޕަޕުއާ ނިއު ގިނީގައި ގަބީލާއެއްގެ 16 މީހުން މަރާލައިފި، ކުޑަކުދިންނާއި އަންހެނުން ހިމެނޭ

ޕަޕުއާ ނިއު ގިނީގެ ގަބީލާއަކާ ދެކޮޅަށް ހިންގި ގަތުލު އާއްމެއްގައި އެ ގަބީލާގެ 16 ވަރަކަށް މީހުން ރަހުމު ކުޑަގޮތަކަށް މަރާލައިފި އެވެ.
ޕަޕުއާ ނިއު ގިނީގެ ގަބީލާތަކުގެ މެދުގައި އޮންނަ ދެކޮޅުވެރިކަމުގެ ސަބަބުން މަރާލެވުނު މީހުންގެ ތެރޭގައި ގިނަ އަދަދެއްގެ އަންހެނުންނާއި ކުޑަކުދިން ވެސް ހިމެނެ އެވެ. އަދި އޭގެ ތެރެއިން ބައެއް އަންހެނުންނަކީ މާބަނޑު މީހުން ކަމަށް ހަބަރުތައް ބުނެ އެވެ.

ޕަޕުއާ ނިއު ގިނީގެ ހެލާ ޕްރޮވިންސް ގައި އޮންނަ ކަރިޑާ ނަމަކަށް ކިޔާ އަވަށަކަށް ހޯމަ ދުވަހު ބަޔަކު ދިން ހަމަލާގައި މަދުވެގެން 16 މީހުން މަރާލާފައިވާ އިރު، އަދަދު އެއަށްވުރެ މަތި ވާނެ ކަމަށް ލަފާކުރެވެ އެވެ. ކަރަޑާ އަކީ އާބާދީގައި ގާތްގަނޑަކަށް 800 މީހުން އުޅޭ އަވަށެކެވެ.

މިއީ ފަހުގެ ތާރީހެއްގައި ޕަޕުއާ ނިއު ގިނީގެ ގަބީލާއަކާ ދެކޮޅަށް ހިންގި އެންމެ ބޮޑު ގަތުލުއާއްމެވެ.

ޕަޕުއާ ނިއު ގިނީގެ ބޮޑު ވަޒީރު ޖޭމްސް މަރާޕް ވިދާޅުވީ "މިއަދަކީ ހަޔާތުގެ އެންމެ ހިތާމަވެރި އެއް ދުވަސް" ކަމަށެވެ.
މަރު
ހިޔާލު