3 atolhehge rah thah gulhaalan planning ministry inn iulaankoffi
image
ކައްދޫ އާއި ފޮނަދޫ ގުޅާލެވިފައިވާ ކޯޒްވޭ-- ފޮޓޯ: ފްލިކާ
ފާތުމަތު ނަޒުފާ އިރުޝާދު
0 ކޮމެންޓް
 

ތިން އަތޮޅެއްގެ ރަށްތައް ގުޅާލަން ޕްލޭނިން މިނިސްޓްރީން އިއުލާންކޮށްފި

ތިން އަތޮޅެއްގެ ރަށްތަކެއް ގުޅާލުމުގެ މަޝްރޫއު ކުރިއަށް ގެންދަން ބޭނުންވާ މަސައްކަތްތައް ކުރުމަށް ޕްލޭނިން މިނިސްޓްރީން އިއުލާންކޮށްފި އެވެ.
އެ މިނިސްޓްރީން އިއުލާނުކޮށްފައި ވަނީ އެންވަޔަރަމަންޓް އިމްޕެކްޓް އެސްސްމެންޓް (އީއައިއޭ) އަށް ބޭނުންވާ ކޮންޒަލްޓެންސީ އާއި ރިޕޯޓު ތައްޔާރު ކުރާނެ ބަޔަކު ހޯދުމަށެވެ.

އެގޮތުން ކޯޒްވޭ އަކުން ގުޅާލަން ހަމަ ޖެހިފައިވާ ރަށްތަކަކީ ލ. އަތޮޅާއި ތ. އަތޮޅު އަދި މ. އަތޮޅުގެ ރަށްތަކެކެވެ. އެއީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދުފުޅެކެވެ.

ޕްލޭނިން މިނިސްޓްރީ އިން މިދިޔަ ހޯމަ ދުވަހު ކުރި އިއުލާނަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ސުންގަޑިއަކީ އަންނަ ބުދަ ދުވަހެވެ.ޝައުގުވެރިވާ ފަރާތްތަކަށް މައުލޫމާތު ދިނުމަށް ބާއްވާ ބައްދަލުވުމެއް މިއަދު ބާއްވަން ހަމަޖެހިފައި ވެއެވެ.
ހިޔާލު