Maldivian ah ithuru 2 mathindhaa boat gennanee
image
މޯލްޑިވިއަން ގެ ފްލައިޓެއް-- ފޮޓޯ: މޯލްޑިވިއަން
ފާތުމަތު ނަޒުފާ އިރުޝާދު
0 ކޮމެންޓް
 

އާ އެއާޕޯޓުތައް ހުޅުވާތީ މޯލްޑިވިއަނަށް އިތުރު ދެ ބޯޓު ގެންނަނީ

ގައުމީ އެއާލައިން، މޯލްޑިވިއަން ގެ ދަތުރުތައް ފުޅާ ކުރުމަށް އިތުރު ދެ މަތިންދާބޯޓު ގެނައުމަށް ހަމަޖެހިފައިވާ ކަމަށް އެ އެއާލައިން ހިންގާ އައިލެންޑް އޭވިއޭޝަން ކުންފުނިން ބުނެފި އެވެ.
އައިލެންޑް އޭވިއޭޝަނުގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ރިޒްވީ އިއްޔެ ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިޒަޒް ކޮމިޓީގައި ވިދާޅުވީ އެ ދެ ބޯޓު ގެންނަނީ އަލަށް ހުޅުވާ އެއާޕޯޓުތަކަށް ދަތުރު ކުރުމަށް ކަމަށެވެ.

ރިޒްވީ ވިދާޅުވީ މިއަހަރުގެ ތެރޭގައި ހަތަރު އެއާޕޯޓެއް ހުޅުވަން ހަމަޖެހިފައިވާއިރު މިހާރު ހުރި ބޯޓުތަކުން ދުވަހުން ދުވަހަށް ދަތުރުކުރުމުގައި ދަތިތަކެއް ވާނެތީ އިތުރަށް ދެ ބޯޓު ބޭނުންވާ ކަމަށެވެ.

އޭގެ އިތުރުން ފްލީޓް އެކްސްޕޭންޝަންގެ މަސައްކަތް މިހާރު އައިލެންޑް އޭވިއޭޝަނުން ކުރަމުން އަންނަ ކަމަށް ވެސް ރިޒްވީ އިއްޔެ ކޮމިޓީގައި ވިދާޅުވި އެވެ.މޯލްޑިވިއަނުން ރާއްޖޭގެ 11 އެއާޕޯޓަކަށް ދަތުރު ކުރަނީ 10 މަތިންދާބޯޓަކުންނެވެ.
ހިޔާލު