Male city council ga corruption ulhey kamuge thuhumathu!
image
މާލެ ސިޓީ ކައުންސިލްގެ މޭޔާ ޝިފާ މުހައްމަދު-- ފޮޓޯ: ޓްވިޓާ
ރައްޔާން މުޙައްމަދު
4 ކޮމެންޓް
 

މާލެ ސިޓީ ކައުންސިލުގައި ކޮރަޕްޝަން އުޅޭ ކަމަށް ކައުންސިލަރު ފަޒީނު ތުހުމަތު ކުރައްވައިފި

މާލޭގައި ބާއްވާ ނައިޓު މާކެޓުތަކަށް ބައެއް ފަރާތްތަކަށް ހުއްދަ ދޫކުރަނީ ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ކަމަށް ސިޓީ ކައުންސިލުގެ މެމްބަރު މުހައްމަދު ފަޒީނު ތުހުމަތު ކުރައްވައިފި އެވެ.
މާފަންނު އުތުރު ދާއިރާގެ ކައުންސިލަރު ފަޒީން ތުހުމަތު ކުރެއްވި ގޮތުގައި ނައިޓު މާކެޓުތަކަށް ހުއްދަ ދޫކުރީ ކައުންސިލަރުންގެ އަގުލަބިއްޔަތުން ނިންމާފައިވާ ނިންމުންތަކާ ހިލާފަށެވެ.

"ސިޓީ ކައުންސިލުން މާލެ ސިޓީ ގައި ނައިޓު މާކެޓުގެ ބައެއް ހުއްދަ ދޫކޮށްފައި ވަނީ ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް. ކައުންސިލަރުންގެ އަގުލަބިއްޔަތުން ނިންމާފައިވާ ނިންމުމާވެސް ހިލާފަށް،" އޭނާ ވިދާޅުވި އެވެ.

ފަޒީނު ވަނީ މާލެ ސިޓީ ކައުންސިލުގެ މެމްބަރުން ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއަކަށް ހާޒިރުކޮށް، އެކަމާ ގުޅޭ ގޮތުން ސުވާލު ކުރެއްވުމަށް ވެސް ގޮވާލައްވާފަ އެވެ.

"ކޮރަޕްޝަން މައްސަލަތައް ބައިވަރު. ހެއްކާ އެއްކޮށް ހުށަހަޅާނަން" ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަދި ކައުންސިލްތަކުގެ ކަންކަން ބެލޭނެ ހަރުދަނާ ނިޒާމެއް މުހިއްމުކަން ފާހަގަކުރެއްވި އެވެ.

"19 ވަނަ މަޖިލީހުން ލާމަރުކަޒީ ގާނޫނަށް ގެންނަ އިސްލާހާއެކު ބާރުތަކާއެކު ބޮޑެތި 19 މަސްއޫލިއްޔަތެއް ކައުންސިލްތަކާ ހަވާލު ކުރެވޭނެ. ހަރުދަނާ މޮނިޓާ ކުރުމުގެ ނިޒާމެއް ނެތް ނަމަ މިކަން ތަކުރާރު ވާނެ. އެހެންކަމުން މިއީ މި ވާހަކަ ދައްކަން އެންމެ މުނާސަބު ވަގުތު،" ފަޒީނު އިތުރަށް ވިދާޅުވި އެވެ.

އެކަމާ ގުޅޭ ގޮތުން މާލެ ސިޓީގެ މޭޔަރު ޝިފާ މުހައްމަދު ސީއެންއެމް އަށް ވިދާޅުވީ މާލޭ ސިޓީ ކައުންސިލް ގައި ކޮރަޕްޝަނަށް މަގުފަހިވާ އެއްވެސް މައްސަލައެއް އުޅޭނަމަ، އެކަން ދައުލަތުގެ ކަމާ ބެހޭ ފަރާތަށް ހުށަހަޅަން ވާނެ ކަމަށެވެ.

ކޮރަޕްޝަން އުޅޭ ކަމަށް ޝައްކުވާނަމަ އެކަން އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހުށަހެޅުމުގެ ފުރުސަތު ކޮންމެ ބޭފުޅަކަށް ވެސް އެބަ އޮތް ކަމަށް އޭނާ ވިދާޅުވި އެވެ.

ފަޒީނު ކުރެއްވި ކޮރަޕްޝަނުގެ ތުހުމަތު ދޮގު ކުރައްވަމުން ޝިފާ ވިދާޅުވީ އެފަދަ ކަމެއް ކައުންސިލްގައި ނުހިނގާ ކަމަށެވެ. އެކަމަކު ޝައްކެއްވާ ނަމަ، އޭސީސީ އަށް އެކަން އެންގުމަށް އޭނާ އެދިވަޑައިގެންނެވި އެވެ.

"އަޅުގަނޑަށް އެނގިފައެއް ނެތް މެމްބަރުންގެ މެދުގައި އެފަދަ ކަމެއް ހިނގާފައިވާ ކަމެއް. އެކަމަކު އެފަދަ ކަމެއްގެ މައުލޫމާތު ލިބިފައިވާ ފަރާތެއް ވެއްޖެއްޔާ އެބަހުރި ދެއްތޯ ސަރުކާރުގެ މުއައްސަސާތައް، މި ކަންކަން ބެލުމަށް އުފައްދާފައިވާ، ކޮންމެ ފަރާތަކަށް ވެސް އެ މުއައްސަސާތަކަށް މައްސަލަ ހުށަހެޅުމުގެ ފުރުސަތު އެބަ އޮތް ދެއްތޯ،" ޝިފާ ވިދާޅުވި އެވެ.

މާލޭ ސިޓީ ކައުންސިލުން މިދިޔަ މަހު ވަނީ މާލެ ސަރަހައްދުގައި ނައިޓް މާކެޓް ބޭއްވުމަށް މުނާސަބަތު ދުވަސްތަކެއް ކަނޑައަޅައި އާއްމުކޮށްފަ އެވެ.

އެގޮތުން މާލެ ސަރަހައްދުގައި ހިމެނޭ މާލެ، ވިލިމާލެ އަދި ހުޅުމާލޭގައި ނައިޓް މާކެޓް ބޭއްވުމަށް ހުއްދަ ދޭން އެ ކައުންސިލުން ނިންމާފައި ވަނީ އަޟްހާ އީދު ދުވަސް، ފިތުރު ޢީދު ދުވަސް، ރާއްޖެ އިސްލާމްވީ ދުވަސް، ކީރިތި ރަސޫލާގެ ޢީދު މީލާދު ދުވަސް، މިނިވަން ދުވަސް، ޤައުމީ ދުވަސް، ޖުމްހޫރީ ދުވަސް، މީލާދީ އާ އަހަރު ފެށޭ ދުވަސް، ހިޖްރީ އާއަހަރު ފެށޭ ދުވަސް އަދި މަސައްކަތްތެރިންގެ ދުވަހުގެ އިތުރުން ނަސްރުގެ ދުވަހާއި ޝަޢުބާން މަހުގަ އެވެ.
ހިޔާލު

ކފރ ބނ

ޝިފާ ކައިރީ އެ އިންނެވީ ވެސް ކައުންސިލް މެމްބަރެއް ތޯ؟ ހާދަ ޒުވާން ލޫޅާފަތި ކަނބަލެކޭ. ގައުމުގެ ކަން ކަމުގާ މިފަދަ ޒުވާނުން އުޅުނީމާ ވަރަށް އުފާވޭ އިނގޭތޯ...

ގުއިއްޒު

ތިސޮރަކީ އައިއެސް އަށް ނިސްބަތްވާ ބޭކަލެއް.

ޟޮރު

ޝިފާ ކައިރީ އެ އިނީ އެންމެ ގިނައިން ކޮރަޕްޝަން ހިންގާ މީހާ

ޙިސާން

ޝިފާ މޮޅު ވާހަކަ ނުދައްކާ ތި ކައުންސިލަކީ އަބދުވެސް އިންތިހާއަށް ކޮރަޕްޝަން އޮންނަ ތަނެއް.