Thulhaadhoo adhi Naifaruga 100 housing unit alhan havaalu koffi
image
ޅ. ނައިފަރާއި ބ. ތުޅާދޫ ގައި 100 ހައުސިން ޔުނިޓު އެޅުމުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ހަފްލާ-- ފޮޓޯ: ހައުސިން މިނިސްޓްރީ
0 ކޮމެންޓް
 

ތުޅާދޫ އަދި ނައިފަރުގައި 100 ހައުސިން ޔުނިޓު އަޅަން ހަވާލުކޮށްފި

ސަރުކާރުން ހިންގާ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކުގެ ތެރެއިން ޅ. ނައިފަރާއި ބ. ތުޅާދޫ ގައި 100 ހައުސިން ޔުނިޓު އަޅަން ބަޔަކާ ހަވާލުކޮށްފި އެވެ.
މިއަދު ހައުސިން މިނިސްޓްރީގައި އޮތް ހަފްލާއެއްގައި ތުޅާދޫގެ 100 ހައުސިން ޔުނިޓުގެ މަސައްކަތް ހަވާލު ކުރީ ޕްރިސިޝަން އިންޖިނިއަރިން ސާވިސަސް އާއި ފްލަކްސް އިންކް ޕްރައިވެޓް ލިމިޓެޑުގެ ޖޮއިންޓް ވެންޗާ ކުންފުންޏަކާ އެވެ.

ޖުމްލަ 79.6 މިލިއަން ރުފިޔާގެ އެ މަސައްކަތް ހަވާލު ކުރީ 363 ދުވަސް ތެރޭގައި ނިންމާ ގޮތަށެވެ. އެކަމުގެ އެއްބަސްވުމުގައި މިއަދު ވަނީ ސޮއިކޮށްފަ އެވެ.

އެ މަޝްރޫއުގައި ތުޅާދޫގައި ޑިިޒައިން އެންޑް ބިލްޑް އުސޫލުން އެއް ބުރީގެ 100 ހައުންސިން ޔުނިޓް އަޅަން ޖެހެ އެވެ. އެއީ 1100 އަކަފޫޓުގެ ސަރަހައްދެއްގައި ތިން ކޮޓަރި އާއި ތިން ފާހާނާ، ސިޓިން ރޫމް، ބަދިގެ، ސްޓޯ ރޫމު އަދި ލޯންޑްރީއަކާއެކު ހަދާ ހައުސިން ޔުނިޓުތަކެކެވެ.

ނައިފަރުގައި 100 ހައުސިން ޔުނިޓު އަޅަން ހަވާލު ކުރީ ޑަބްލިއު އެންޑް އޭ އޯވަސީސް ކުންފުންޏާ އެވެ. އެ މަސައްކަތަކީ 71.4 މިލިއަން ރުފިޔާގެ މަސައްކަތެކެވެ. އެ މަޝްރޫއު ނިންމަން ޖެހެނީ 311 ދުވަސް ތެރޭގަ އެވެ.

އެ މަޝްރޫއުގައި ވެސް އަޅަނީ 1100 އަކަފޫޓުގެ ސަރަހައްދެއްގައި ތިން ކޮޓަރި އާއި ތިން ފާހާނާ، ސިޓިން ރޫމް، ބަދިގެ، ސްޓޯ ރޫމު އަދި ލޯންޑްރީއަކާއެކު ހަދާ ހައުސިން ޔުނިޓުތަކެކެވެ.

މި ދެ މަޝްރޫއުގެ ހައުސިން ޔުނިޓުތައް ވެސް އަޅަނީ ތިން ބުރި އާއި ހަތަރު ބުރީގެ އިމާރާތަތްކެއްގެ ގޮތުގަ އެވެ.
ހިޔާލު