Dharifuluhu vikkaali meehaa kurin ves dhariyaku meehakah dhin kamuge thuhumathu
image
ކުޑަކުދިންގެ ހައްގުތަކާ ބެހޭ ގޮތުން ހަދާފައިވާ ކުރެހުމެއް-- ފޮޓޯ: ޓްރުތް އައުޓް
ރައްޔާން މުޙައްމަދު
0 ކޮމެންޓް
 

ދަރިފުޅު ވިއްކާލި މީހާ ކުރިން ވެސް ދަރިއަކު މީހަކަށް ދިން ކަމުގެ ތުހުމަތު

ލ. އަތޮޅުގެ އަންހެނަކު އޭނާގެ އެއް އަހަރާއި ނުވަ މަހުގެ އަންހެން ދަރިފުޅު ދެމަފިރިއަކަށް "ވިއްކާލި" މައްސަލައެއް ފެންމަތިވެފައިވާ އިރު، މީގެ ކުރިން ވެސް އޭނާއަށް ލިބުނު ކުއްޖެއް އެފަދަ ގޮތަކަށް ބަޔަކަށް ދީފައިވާ ކަމަށް އަޑުތައް ފެތުރެން ފަށައިފި އެވެ.
30،000 ރުފިޔާއަށް ދަރިފުޅު ދެމަފިރިންނަށް ދިން އުމުރުން 29 އަހަރުގެ އަންހެން މީހާ ދަންނަ މީހަކު ރާއްޖޭގެ މީޑިއާއަކަށް މައުލޫމާތު ދިން ގޮތުގައި، މިއީ އޭނާ އެފަދައިން ދަރިއެއް މީހަކަށް ދިން ދެވަނަ ފަހަރެވެ.

މިއީ އޭނާ ކައިވެނީގެ ބޭރުން ވިހޭ ދެވަނަ ކުއްޖާ ކަމަށާއި، އެފަދައިން ވިހޭ ކުދިން އޭނާ މީހުންނަށް ދެނީ ދަރިން ބަލާވަރުގެ ތަނަވަސްކަން ނެތީމާ ކަމަށް އޭނާ ބުނެ އެވެ. އަދި މިކަން އޭނާ ކޮށްފައި ވަނީ ކޯޓު މެދުވެރިކޮށް ކަމަށް ވެސް ބުނެ އެވެ.

އެ އަންހެން މީހާއަކީ ވަރަށް ހާލުގައި، "ޖިފުޓިގަނޑެއް ކަހަލަ ގެއެއް" ގައި އުޅޭ މީހެއް ކަމަށް ވެއެވެ.

މީގެ އަހަރުތަކެއް ކުރިން ވެސް އެ އަންހެން މީހާ އަށް ދަރިއެއް ލިބިފައިވާ އިރު، އެ ކުއްޖާ ދިން އާއިލާ އެކުއްޖާ ގޮވައިގެން މިހާރު އުޅެނީ ރާއްޖޭން ބޭރުގައި ކަމަށް ވެއެވެ.

އާދިއްތަ ދުވަހު ދެކުނުގެ ރަށެއްގެ އަންހެނަކު ކައިވެނިން ބޭރުން ހޯދާފައިވާ ތުއްތު އަންހެން ދަރިފުޅު، އެހެން ރަށެއްގެ ދެމަފިރިންނަށް 30،000 ރުފިޔާއަށް ވިއްކާލި މައްސަލަ ފެންމަތިވުމުން ޖެންޑާ މިނިސްޓްރީން ވަނީ އެ ކުއްޖާ ދައުލަތަށް ނަގައިފަ އެވެ. ފުލުހުން އަންނަނީ މިމައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.
ހިޔާލު