Gaumu thakah kandaalhaafavaa non resident safeerunnah Majileehuge ruhun
image
ސްރީލަންކާއަށް ކަނޑައަޅުއްވާފައިވާ ސަފީރު، އުމަރު އަބްދުއް ރައްޒާގު (ވ) އަދި ޖަރުމަނުވިލާތަށް ކަނޑައަޅުއްވާފައިވާ އަހުމަދު ލަތީފް (ކ): ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހުގެ އަރިހުގައި--
0 ކޮމެންޓް
 

ގައުމުތަކަށް ކަނޑައަޅާފައިވާ ނޮން-ރެސިޑެންޓް ސަފީރުންނަށް މަޖިލީހުގެ ރުހުން ދީފި

ދިވެހި ރާއްޖެއިން 11 ގައުމަކަށް ކަނޑައަޅާފައިވާ ސަފީރުން، އިތުރު ގައުމުތަކެއްގެ ނޮން-ރެސިޑެންޓް ސަފީރުންގެ ގޮތުގައި ކަނޑައެޅުމަށް ރައްޔިތުންގެ މަޖިލީހުގެ ރުހުން ދީފި އެވެ.
މިއަދުގެ މަޖިލީހުގެ ޖަލްސާގައި ގައުމީ ސަލާމަތާއި ހާރިޖީ ގުޅުންތަކުގެ ކޮމެޓީން ދިރާސާކޮށް ނިންމާފައިވާ ގޮތުގެ ރިޕޯޓުގައި، ނޮން-ރެސިޑެންޓް ސަފީރުންގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު އައްޔަން ކުރައްވާފައިވަނީ މިހާރު ވެސް އެކިއެކި ގައުމުތަކަށް އައްޔަން ކުރައްވާފައިވާ 11 ސަފީރެކެވެ.

1. ސްރީލަންކާއަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރު، އުމަރު އަބްދުއްޒާގު: ސީޝެލްސް، މޮރިޝަސް، އަދި ކަޒަކަސްތާނަށް ދިވެހިރާއްޖެއިން ކަނޑައަޅާ ނޮން-ރެސިޑެންޓް ސަފީރު ކަމަށް

2. އިންޑިއާއަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރު، އާއިޝަތު މުހައްމަދުދީދީ: އަފްޣާނިސްތާން އަދި ބޫޓާނަށް ދިވެހިރާއްޖެއިން ކަނޑައަޅާ ނޮން-ރެސިޑެންޓް ސަފީރު ކަމަށް

3. މެލޭޝިއާއަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރު، ވިސާމް އަލީ: ބުރުނާއި، އަދި އިންޑޮނޭޝިއާއަށް ދިވެހިރާއްޖެއިން ކަނޑައަޅާ ނޮން-ރެސިޑެންޓް ސަފީރު ކަމަށް

4. ސިންގަޕޫރަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރު، ޑރ. އަބްދުﷲ މައުސޫމް: އޮސްޓްރޭލިއާ އަދި ނިއުޒިލޭންޑަށް ދިވެހިރާއްޖެއިން ކަނޑައަޅާ ނޮން-ރެސިޑެންޓް ސަފީރު ކަމަށް

5. ޖަޕާނަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރު، އިބްރާހީމް އުވައިސް: ރިޕަބްލިކް އޮފް ކޮރެއާއަށް ދިވެހިރާއްޖެއިން ކަނޑައަޅާ ނޮން-ރެސިޑެންޓް ސަފީރު ކަމަށް

6. ސައުދީ އަރަބިއާއަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރު، މުހައްމަދު ހަލީލު: ކުވޭތު އަދި ޖޯޑަންއަށް ދިވެހިރާއްޖެއިން ކަނޑައަޅާ ނޮން-ރެސިޑެންޓް ސަފީރު ކަމަށް

7. އެކުވެރި އަރަބި އިމާރާތަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރު، ޑރ. ހުސައިން ނިޔާޒު: ބަހްރައިން އަދި އޮމާނަށް ދިވެހިރާއްޖެއިން ކަނޑައަޅާ ނޮން-ރެސިޑެންޓް ސަފީރު ކަމަށް

8. އިނގިރޭސިވިލާތަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރު، ޑރ. ފަރަހަނާޒު ފައިސަލް: އަޔަރލޭންޑް، ފްރާންސް އަދި ސްޕޭނަށް ދިވެހިރާއްޖެއިން ކަނޑައަޅާ ނޮން-ރެސިޑެންޓް ސަފީރު ކަމަށް

9. ޖަރުމަނުވިލާތަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރު، އަހުމަދު ލަތީފް: ޑެންމާކް، ނޯވޭ، ފިންލޭންޑް، ސުވިޑްން އަދި ރަޝިއަން ފެޑްރޭޝަނަށް ދިވެހިރާއްޖެއިން ކަނޑައަޅާ ނޮން-ރެސިޑެންޓް ސަފީރު ކަމަށް

10. ޔޫރަޕިއަން ޔޫނިއަންއާއި ބެލްޖިއަމަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރު، ހަސަން ސޯބިރު: ނެދަލަންޑްސް އަދި ލަގްޒަމްބާގަށް ދިވެހިރާއްޖެއިން ކަނޑައަޅާ ނޮން-ރެސިޑެންޓް ސަފީރު ކަމަށް

11. އެކުވެރި ދައުލަތްތަކުގެ ޖަމިއްޔާއާއި އެމެރިކާއަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރު، ތިލްމީޒާ ހުސައިން: ކެނެޑާއަށް ދިވެހިރާއްޖެއިން ކަނޑައަޅާ ނޮން-ރެސިޑެންޓް ސަފީރު ކަމަށް

އެ ހުރިހާ ބޭފުޅުންނަށް ވެސް މިއަދުގެ މަޖިލީހުގެ ޖަލްސާގައި ވަނީ ވަކިވަކިން ވޯޓަށް އަހައި ރުހުން ދީފަ އެވެ.
ހިޔާލު