Luthufi ge mahsalagai Minister Imran ge vaahakathah fuluhun dhifaukoffi
image
މިނިސްޓަރު އިމްރާން އަދި ކުރީގެ ސީޕީ ރިޔާޒް
ސީއެންއެމް
1 ކޮމެންޓް
 

ލުތުފީގެ މައްސަލާގައި މިނިސްޓަރު އިމްރާންގެ ވާހަކަތައް ފުލުހުން ދިފާއުކޮށްފި

ނޮވެމްބަރު 3 ގެ އުދުވާނީ ހަމަލާގެ ފަހަތުގައިވާ އަބްދުﷲ ލުތުފީ ފިލައިގެން އުޅުނު ތަން ކުރީގެ ސަރުކާރަށް އެނގުނު ނަމަވެސް، އޭނާ ރާއްޖެ ގެނައުމަށް އެ ސަރުކާރުން އަޅާ ނުލި ކަމަށް ވިދާޅުވެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ރައްޔިތުންގެ މަޖިލީހުގައި ދެއްކެވި ވާހަކަތައް ފުލުހުން ދިފާއުކޮށްފި އެވެ.
ހޯމަ ދުވަހު ރައްޔިތުންގެ މަޖިލީހުގައި ވާހަކަ ދައްކަވަމުން އިމްރާން ވިދާޅުވީ ލުތުފީ އުޅޭ ތަނުގެ މައުލޫމާތު 2014 ވަނަ އަހަރު ދިވެހި ސަރުކާރަށް ލިބުނުއިރު، ފުލުހުން ތިބީ އޭނާ ރާއްޖެ ގެނައުމަށް ތައްޔާރަށް ކަމަށް އިމްރާން ވިދާޅުވިއެވެ.

"އޭރުގައި [ހޯމް] މިނިސްޓަރު ދެން އަނގަ ބަހުން ކޮށްފައި ހުރި މުއާމަލާތުތައް ހުރި އިނގޭތޯ. އެ ޓީމާ އެކުގައި. އެ ބޭފުޅުންގެ އަތުގައި ގެނައުމަށް ތައްޔާރުވެ، އޭނަ ހުރި ތަންތަނާ ބެހޭ ގޮތުން ހޯދިފައި ހުރި މައުލޫމާތުތައް އެއްޗެހި ލިޔެކިޔުންތައް އެބަހުރި. އޭރުގެ ]ހޯމް] މިނިސްޓަރު [އުމަރު ނަސީރު] ވިދާޅުވީ ކަމަށް ވަނީ "ޕްރަޔޯރިޓީ" އެއް ނޫން ކަމަށް ކޮންމެހެން ލުތުފީ މާލެ ގެނައުމަކީ،" މަޖިލީހުގެ ޖަލްސާގައި އިމްރާން ވިދާޅުވި އެވެ.

އިމްރާންގެ ވާހަކަތަކާއި ގުޅިގެން އުމަރު ނަސީރާއި ކުރީގެ ތިން ޕޮލިސް ކޮމިޝަނަރުންވަނީ އިމްރާންގެ ވާހަކަތައް ދޮގުކޮށްފައެވެ.

ނަމަވެސް ފުލުހުންގެ އިދާރާއިން މިރޭ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މިނިސްޓަރު އިމްރާން ވާހަކަ ދެއްކެވީ ފުލުހުންގެ އިދާރާގައި ހުރި ރެކޯޑްތަކަށް ބިނާކޮށް ކަމުގައެވެ.
ފުލުހުން ބުނީ މަޖިލީހުގައި އިމްރާން ދެއްކެވި ވާހަކަ ތަކަކީ ފުލުހުންގެ އިދާރާއިން ދިން މައުލޫމާތުގެ މައްޗަށް ދެއްކެވި ވާހަކަތަކެއް ކަމުގައެވެ.

2010 ގައި ލުތުފީ ފިލުމުން އޭނާ ރާއްޖެ ގެނައުމަށް ކުރީގެ ހޯމް މިނިސްޓަރުންނާއި ޕޮލިސް ކޮމިޝަނަރުން ގިނަ މަސައްކަތްތަކެއް ކޮށްފައިވާކަމަށާއި އެ މަސައްކަތްތަކުގެ ތަފްސީލް ރެކޯޑުތަކާއި އެ މަސައްކަތާ ގުޅޭ ގޮތުން ނިންމުނު ނިންމުންތައް އެ މަސައްކަތް ހިނގަމުން ދިޔަ ޑިޕާޓްމެންޓްގައި ލޮގްކުރެވިފައިވާކަމަށް ފުލުހުންގެ ބަޔާނުގައި ބުނެފައި ވެއެވެ.

ފުލުހުން ބުނީ ލުތުފީ އަނބުރާ ރާއްޖެ ގެނައުމުގެ އޮޕަރޭޝަން މަސައްކަތުގައި އަދި ބައެއް ނިންމުންތައް ނިންމި އިރު ހާޒިރުވެ ތިބި އޮފިސަރުން މިވަގުތު ވެސްފުލުހުންގެ ހިދުމަތުގައި ތިބުމުން އެކަމާ ގުޅޭ ގޮތުން އިތުބާރު ހިފޭ ފަދަ މައުލޫމާތު މިވަގުތު ވެސް ފުލުހުންގެ އިދާރާގައި ހުރިކަމުގައެވެ.
ހިޔާލު

މަރިޔޯ

ފުލުހުންގެ ބޮޑޭ އެޢީ ބޮޑު ބާގިޔެއް ގެ ދަރިޔާ އިނދެގެން އުޅޭ މީހެއް.ދެން ދިފާއުވެސް ކުރާނެ އެހެން ކަންކަން ވެސް ކުރާނެ.