Anhenunge dhauru nethi masverikan dhemi othumakee vaane kameh noon: Minister Shidhatha
image
ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފް-- ފޮޓޯ: ޖެންޑާ މިނިސްޓްރީ
މާއިދާ މުހައްމަދު ރަޝާދު
0 ކޮމެންޓް
 

އަންހެނުންގެ ދައުރާ ނުލާ މަސްވެރިކަން ދެމި އޮތުމަކީ ވާނެ ކަމެއް ނޫން: މިނިސްޓަރު ޝިދާތާ

ރާއްޖޭގެ އަންހުންގެ ބައިވެރިވުން ނެތި މަސްވެރިކަމުގެ ދާއިރާ ދެމި އޮތުމަކީ "މުސްތަހީލު" ކަމެއް ކަމަށް ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފް ވިދާޅުވެއްޖެ އެވެ.
ޖެންޑާ މިނިސްޓަރު ރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އަންހެނުންގެ ބައިވެރިވުން މަސްވެރިކަމަށް މުހިއްމު ކަމަށާއި މަސް ކަނޑުގެ ނަފާ އެންމެ ފުރިހަމަ ގޮތުގައި ހޯދުމުގައި އަންހެނުންގެ ހިއްސާ ބޮޑު ކަމަށެވެ.

"ވީމާ މި ދާއިރާގައި އަންހެނުންގެ ދައުރު ބޮޑު ކުރަން ޖެހޭ،" މިނިސްޓަރު ވިދާޅުވި އެވެ.

މަސްވެރިކަމުގެ ދާއިރާގައި އަންހެނުންގެ ދައުރު ބޮޑު ކުރަން ޖެހޭކަން ފާހަގަކުރައްވާ މިނިސްޓަރު ޓްވީޓެއް ކުރެއްވިއިރު ރާއްޖޭގެ ކަނޑުތަކުން މަސްވެރިންނަށް މަންފާ ހޯދިދާނެ ގޮތްތަކާ ގުޅޭ ގޮތުން އާއްމުންގެ ހިޔާލު ހޯއްދެވުމަށް "ޖަޒީރާ" ހޮޅުއައްޓެއް ވެސް މާދަމާ ބޭއްވުމަށް ސަރުކާރުން ވަނީ ނިންމާފަ އެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ބައިވެރިވެވަޑައިގަންނަވާ އެ ހޮޅުއަށި އޮންނާނީ މާދަމާ ރޭ 08:30 ގައި ގދ. ތިނަދޫގަ އެވެ.
ހިޔާލު