Umurun dhuvas vee meehaku vai golhiah vehtti aniyaa vejje
image
އެމީހާ ވެއްޓުނު ވައި ގޮޅި-- ފޮޓޯ: ފުލުހުން
ފައުޒާ މުހައްމަދު
0 ކޮމެންޓް
 

އުމުރުން ދުވަސްވީ މީހަކު ވައި ގޮޅިއަށް ވެއްޓި އަނިޔާވެއްޖެ

އުމުރުން ދުވަސްވީ މީހަކު ވައި ގޮޅިއަށް ވެއްޓި އަނިޔާވެއްޖެ އެވެ.
ފުލުހުން ބުނީ ރޭ ދަންވަރު 01:33 ހާއިރު މާފަންނު ގެއެއްގެ ހަތަރު ވަނަ ފަންގިފިލާއިން ވައި ގޮޅިއަށް އުމުރުން 76 އަހަރުގެ ދިވެހި އަންހެނަކު ވެއްޓިގެން ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.

ފުލުހުން ވަނީ ވެއްޓުނު އަންހެން މީހާ ވައި ގޮޅިން ނަގައިގެން އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) އަށް ގެންގޮސްފަ އެވެ.

އެ ހާދިސާ ގައި އަންހެން މީހާގެ ބޮލުގެ ފުއްކިބަ ފަޅައިގެން ގޮސްފައި ވެއެވެ. އަދި ފައިގެ ފަލަމަސްގަނޑާ ހަމައިން ބިނދިފައިވާ ކަމަށް ފުލުހުން ބުނެ އެވެ. އޭގެ އިތުރުން ވައަތުފައި ކުޑަ ހުޅުން ބިންދިފައި ވެއެވެ.

އެ މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.
ހިޔާލު