Emme bodu ammdhanee libenee Taylor Swift aai Kylie Jenner adhi Kanye West ah
image
ޓެއިލާ ސްވިފްޓް (ވ)، ކައިލީ ޖެނާ (މ) އަދި ކާންޔޭ ވެސްޓް (ކ)--
0 ކޮމެންޓް
 

އެންމެ ބޮޑު އާމްދަނީ ލިބެނީ ޓެއިލާ ސްވިފްޓާއި ކައިލީ ޖެނާ އަދި ކާންޔޭ ވެސްޓަށް

ދުނިޔޭގެ މަޝްހޫރު ފަންނާނުންގެ ތެރެއިން މިވަގުތު އެންމެ ބޮޑު އާމްދަނީއެއް ލިބެނީ ލަވަކިޔުންތެރިތާ ޓެއިލާ ސްވިފްޓަށް ކަމަށް ފޯބްސް އިން ބުނެފި އެވެ.
ފޯބްސް އިން ލަފާ ކުރާ ގޮތުގައި އުމުރުން 29 އަހަރުގެ ލަވަކިޔުންތެރިޔާ މިދިޔަ އަހަރުގެ ޖޫން މަސް ފެށުނު މާލީ އަހަރުގައި ޓެކްސަށް ނުކަނޑާ 185 މިލިއަން ޑޮލަރުގެ އާމްދަނީއެއް ހޯދި އެވެ.

މީގެ ކުރިން ވެސް ޓެއިލާ ސްވިފްޓް ވަނީ އެ ލިސްޓުގެ އެއްވަނަ އަށް އަރާފަ އެވެ. 2016 ވަނަ އަހަރު އޭނާ އެ ލިސްޓުގެ އެއްވަނަ އަށް އެރީ 170 މިލިއަން ޑޮލަރުގެ އާމްދަނީއަކާ އެކުއެވެ.

ފަންނާނުންގެ ތެރެއިން ދެވަނަ އަށް އެންމެ ބޮޑު އާމްދަނީ ލިބެނީ ރިއެލިޓީ ޓީވީ ތަރި އަދި ސޯޝަލް މީޑިއާގައި މަގްބޫލު އުމުރުން 21 އަހަރުގެ ކައިލީ ޖެނާ އެވެ. އޭނާ އަށް ލިބެނީ 170 މިލިއަން ޑޮލަރުގެ އާމްދަނީ އެކެވެ.

މިއަހަރުގެ ލިސްޓުގެ ތިންވަނަ ލިބެނީ ރެޕް ލަވަކިޔުންތެރިޔާ ކަންޔޭ ވެސްޓަށެވެ. އޭނާއަށް ލިބެނީ 150 މިލިއަން ޑޮލަރުގެ އާމްދަނީ އެކެވެ.

ފޯބްސް ލިސްޓުގެ ގަދަ ދިހައެއްގައި ފުޓްބޯޅަ ކުޅުންތެރިން ލަޔަނަލް މެސީ، ކްރިސްޓިއާނޯ ރޮނާލްޑޯ އަދި ނޭމާ ވެސް ހިމެނެ އެވެ.
ހޮލީވުޑް
ހިޔާލު