Dhivehi film Dhauvath Schwack cinema gai alhuvanee
image
ފިލްމުގެ މަންޒަރެއް--
1 ކޮމެންޓް
 

ދިވެހި ފިލްމު "ދައުވަތު" ޝްވެކް ސިނަމާގައި އަޅުވަނީ

ވީ އެންޓަޓެއިންމެންޓް ޑިވިޝަން (ވީމީޑިއާ)ގެ ފުރަތަމަ ދިވެހި ފިލްމު "ދައުވަތު" ހުޅުމާލެ ޝްވެކް ސިނަމާގައި އަޅުވަން ނިންމައިފި އެވެ.
ފިލްމުގެ ޓިކެޓް ޝްވެކް ސިނަމާއިން މިހާރު ވިއްކަން ފަށާފައިވާއިރު އެފިލްމު ދައްކަން ނިންމާފައި ވަނީ މި މަހުގެ 13 އާއި 15 އަދި 17 ވަނަ ދުވަހު އެވެ.

ފިލްމުގައި ފެނިގެންދާ ފަންނާނުންގެ ތެރޭގައި މަރިޔަމް އައްޒަ (އައްޒަ)، އަލީ އާޒިމް (ދޮން އައްޔަ)، އަހުމަދު އީސަ (އާނަންދު) ގެ އިތުރުން ޒިޔާދާ އަދި ފައިސަލް ވެސް ހިމެނެ އެވެ. ފިލްމު ޑައިރެކްޓުކުރީ ޔޫސުފް ޝަފީއު (ޔޫއްޕެ) އެވެ.

މިދިޔަ މަހު 12 ގައި ރިލީޒްކުރި އެފިލްމުގެ މަންޒުތައް ނަގާފައި ވަނީ ބ. ދަރަވަންދޫ ގައެވެ.
ހިޔާލު

މިޙާ

މިހާރު ކަލޭމެންނަށް ދިވެހި ފިލްމްތަކުގެ ހަބަރުވެސް ލިޔެވޭ ދޯ.