Dharifulhah valhin biru dhehki bappa ge bandhah 10 dhuvas jahaifi
image
ކ. ދިއްފުށި-- ފޮޓޯ: މޯލްޑިވްސް އިންޑިޕެންޑެންޓް
ފައުޒާ މުހައްމަދު
0 ކޮމެންޓް
 

ދަރިފުޅަށް ވަޅިން ބިރު ދެއްކި ބައްޕަގެ ބަންދަށް 10 ދުވަސް ޖަހައިފި

ކ. ދިއްފުށީގައި ކުޑަ ފިރިހެން ކުއްޖަކަށް ވަޅިން ބިރު ދެއްކި މައްސަލައިގައި ހައްޔަރުކުރި އެ ކުއްޖާގެ ބައްޕަގެ ބަންދަށް ކޯޓުން 10 ދުވަހުގެ މުއްދަތު ޖަހައިފި އެވެ.
އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކ. ތުލުސްދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރު ކުރުމުން ހޯމް މިނިސްޓްރީން ކަނޑައަޅާ ތަނެއްގައި 10 ދުވަހަށް ބަންދުކޮށްފައި ބެހެއްޓުމުގެ އަމުރު ދީފައިވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

އެމީހާ ހައްޔަރުކޮށްފައި ވަނީ މިދިޔަ އަންގާރަ ދުވަހުގެ ރޭ 10:36 ހާއިރުއެވެ. އޭނާ ހައްޔަރު ކުރީ ކޯޓު އަމުރެއްގެ ދަށުންނެވެ. ފުލުހުން ބުނީ އުމުރުން 40 އަހަރުގެ އެމީހާ ހައްޔަރު ކުރީ ގޭގައި ހިނގި ހަމަނުޖެހުމަކަށް ފަހު އާއިލާގެ މީހުންނަށް ހަމަލާދީ ތޫނު އެއްޗަކުން ބިރު ދެއްކުމުން ކަމަށެވެ.

އެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުން ދާތީ އިތުރު މައުލުމާތެއް ފުލުހުން ނުދެ އެވެ. އެކަމަކު ސޯޝަލް މީޑިއާގައި ވަނީ އެ ހާދިސާއާ ގުޅުން ހުރި ކަމަށް ބެލެވޭ ފޮޓޯތަކެއް ދައުރުވަމުންނެވެ.

އެ ފޮޓޯ އިން ފެންނަނީ ފިރިހެނަކު ކުޑަ ފިރިހެން ކުއްޖެއްގެ މޫނާ ދިމާލަށް ވަޅިއެއް ދިއްކޮށްގެން އިންނަ މަންޒަރެވެ. ބައެއް ފަރާތްތަކުން ބުނީ އެއީ ދިއްފުށީގައި ހިނގި ހާދިސާއެއްގެ ފޮޓޯތައް ކަމަށެވެ.
ކ.ދިއްފުށި ފުލުހުން
ހިޔާލު