Sarukaarah oiy emme bodu gon jehumakee Raees Yameen: Abdul Raheem
image
ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (ވ) އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން--
1 ކޮމެންޓް
 

ސަރުކާރަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ރައީސް ޔާމީން: އަބްދުއްރަހީމް

މި ސަރުކާރަށް ކުރިމަތިވާނެ އެންމެ ބޮޑު ގޮންޖެހުމަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީން ކަމަށް ކުރީގެ ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ.
ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ރައީސްކަން ވެސް ކުރައްވަމުން އަންނަ އަބްދުއްރަހީމް ދޮޅު މަހެއްހާ ދުވަހު ރާއްޖޭން ބޭރުގައި އުޅުއްވުމަށް ފަހު ރޭ ރާއްޖެ ވަޑައިގެން ވިދާޅުވީ، އިދިކޮޅުގައި ރައީސް ޔާމީން ހުންނެވުމަކީ މި ސަރުކާރަށް ކެތް ކުރެވޭނެ ކަމެއް ނޫން ކަމަށެވެ.

މިއަދު ރައީސް ޔާމީން ކޯޓަށް ހާޒިރުވުމަށް ޗިޓު ފޮނުވާފައިވާތީ އެކަމާ ގުޅިގެން ނޫސްވެރިއަކު ކުރި ސުވާލަކަށް އަބްދުއްރަހީމް ވިދާޅުވީ، ކޯޓަށް ހާޒިރުވެވަޑައިގެން އެމަނިކުފާނަށް ކުރިމަކުރުވާ ހުރިހާ ސުވާލަކަށް ވެސް ޖަވާބު ދެއްވާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.

އޭގެ އިތުރުން ރާއްޖޭގެ ސިޔާސީ މަޝްރަހަކަށް ކަންބޮޑުވާން ޖެހޭ ވަރުގެ ބަދަލުތަކެއް އަންނަމުންދާކަން ފާހަގަކޮށް އަބްދުއްރަހީމް ވަނީ ނޮވެމްބަރު ތިނެއްގެ އުދުވާނީ ހަމަލާގެ އެންމެ އިސް މޭސްތިރި ހ. ހާޖަރާ، އަބްދުﷲ ލުތުފީގެ މައްސަލާގައި މިސަރުކާރުން އަމަލުކުރި ގޮތަށް ވެސް ފާޑުކިޔުންތައް އަމާޒުކުރައްވާފަ އެވެ.

އެގޮތުން ލުތުފީ ލަންކާ އެމްބަސީގައި ގެންގުޅުނުކަން ސަރުކާރުން ދިވެހި ރައްޔިތުންނަށް އެންގީ އެކަން ފަޅާއެރުމުން ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.

އަބްދުއްރަހީމް ވަނީ އިދިކޮޅު ޒިންމާދާރު ޕާޓީއެއްގެ ގޮތުގައި ހަރަކާތްތެރިވާނެ ކަމަށާއި ދައުލަތުގެ މުއައްސަސާތަކަށް ހުށަހަޅައިގެން ބަލަންޖެހޭ ކަންކަމާއި ކަންކަން ވަމުން އަންނަ ގޮތްތައް ރައްޔިތުންނަށް ކިޔައި ދިނުމުގައި ވެސް ދެމި ތިބޭނެ ކަމަށް ވިދާޅުވެފަ އެވެ.
ހިޔާލު

ރުބެލް

އެކަމަކު ބުނި ބުމަރަށާ ބޮނޑިބަތްގަނޑަށް ހިންގުން ހަވާލުކުރިވާހަކަ، އަދި އެއްފަރާތައް ޖެހުނު ވާހަކަ، މިވީ ކޯއްޗަކަށް މަބުނީމެއްނު ހަމަ ތިވާނީ ތިއަށޭ!