Mashroo thah hingan faaithuvi 7 mas thereyga MVR 1.3 billion heydha koffi
image
ފާތުމަތު ނަޒުފާ އިރުޝާދު
0 ކޮމެންޓް
 

މަޝްރޫއުތައް ހިންގަން ފާއިތުވި ހަތް މަސް ތެރޭގައި 1.3 ބިލިއަން ރުފިޔާ ހޭދަކޮށްފި

ޕަބްލިކް ސެކްޓާ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ) ނުވަތަ ތަރައްގީގެ މަޝްރޫއުތަކަށް ސަރުކާރުން ފާއިތުވި ހަތް މަސް ތެރޭގައި 1.3 ބިލިއަން ރުފިޔާ ހޭދަކޮށްފި އެވެ.
މި އަހަރުގެ ބަޖެޓުގައި ޕީއެސްއައިޕީ ގެ ގޮތުގައި ހަތް ބިލިއަން ރުފިޔާ ހިމަނާފައިވާއިރު މިހާތަނަށް 1.3 ބިލިއަން ރުފިޔާ ވަނީ ހޭދަކޮށްފަ އެވެ.

އެކަން ހާމަވެފައި ވަނީ ފިނޭންސް މިނިސްޓްރީން ކޮންމެ ހަފްތާއަކު ނެރޭ ހަރަދާއި އާމްދަނީގެ ހިސާބުތަކުންނެވެ. އޭގެން ދައްކާ ގޮތުގައި މިއަހަރަށް ހަރަދުކުރަން ކަނޑައެޅި 30 ބިލިއަން ރުފިޔާގެ ބަޖެޓުން 11.8 ބިލިއަން ވަނީ ހޭދަކޮށްފަ އެވެ.

އަދި މިއަހަރުގެ މިހާތަނަށް ދައުލަތަށް އާމްދަނީގެ ގޮތުގައި 11.5 ބިލިއަން ރުފިޔާ ލިބިފައި ވެއެވެ. ޕީއެސްއައިޕީ އަށް 1.3 ބިލިއަން ރުިފޔާ ހޭދަކޮށްފައިވާއިރު، ސަރުކާރުން ދަނީ ގިނަ މަޝްރޫއުތަކެއް ކުންފުނިތަކާ ހަވާލު ކުރަމުންނެވެ.
ހިޔާލު