Raees Yameen court ah haaziru kuranee idhaaree beynumakah, adu ehumeh neiy
image
ކްރިމިނަލް ކޯޓް-- ފޮޓޯ: ރާއްޖެއެމްވީ
މާއިދާ މުހައްމަދު ރަޝާދު
0 ކޮމެންޓް
 

ރައީސް ޔާމީން ކޯޓަށް ހާޒިރު ކުރަނީ އިދާރީ ބޭނުމަކަށް، އަޑުއެހުމެއް ނެތް: ކްރިމިނަލް ކޯޓު

ކުރީގެ ރައީސް އަބްދުﷲ ޔާމީނު މިއަދު ކްރިމިނަލް ކޯޓަށް ހާޒިރު ކުރަނީ އަޑުއެހުމެއް ހިންގުމަށް ނޫން ކަމަށާއި އިދާރީ ބޭނުމަކަށް ކަމަށް ކްރިމިނަލް ކޯޓުން ބުނެފި އެވެ.
ކްރިމިނަލް ކޯޓުން މިއަދު އެހެން ބުނި ނަމަވެސް ކޯޓުގެ ވެބްސައިޓުގައި ވަނީ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކުރާ ދައުވާގެ ޝަރީއަތުގެ އަޑުއެހުމެއް މިއަދު ހެނދުނު 11:30 އަށް ތާވަލުކޮށްފަ އެވެ.

އެކަމަކު މިއަދު އެ އަޑުއެހުމަށް ވަނުމަށް ނަން ނޯޓު ކުރުމަށް ނޫސްވެރިން ކޯޓަށް ދިޔުމުން އެ ކޯޓުން ވަނީ މިއަދު ޝަރީއަތުގެ އަޑުއެހުމެއް ނެތް ކަަމަށާއި ރައީސް ޔާމީނު ކޯޓަށް ހާޒިރުކުރަނީ އިދާރީ ބޭނުމަކަށް ކަމަށް ބުނެފަ އެވެ.

ރައީސް ޔާމީނަށް މަނީ ލޯންޑަރިން ދައުވާ އުފުލާފައި ވަނީ މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) ހިޔާނާތުގެ ފައިސާ ޖަމާވި އެސްއޯއެފް ކުންފުނީގެ އެކައުންޓަކުން އެމަނިކުފާނުގެ މޯލްޑިވްސް އިސްލާމިކް ބޭންކު (އެމްއައިބީ) އެކައުންޓަށް އެއް މިލިއަން ޑޮލަރު ޖަމާވި މައްސަލާގަ އެވެ.

އެ މައްސަލާގައި އެމަނިކުފާނާ ދެކޮޅަށް މަނީ ލޯންޑަރިން ދައުވާ އުފުލާ ޝަރީއަތް ހިންގަމުންދާއިރު، މީގެ ކުރިން އޮތް އަޑުއެހުންތަކުގައި ރައީސް ޔާމީން ވަނީ ތުހުމަތު ދޮގު ކުރައްވާފަ އެވެ.

އެ މަައްސަލަ ސާބިތުވެއްޖެނަމަ އަދަބަކީ ފަސް އަހަރާއި 15 އަހަރުގެ މުއްދަތަކަށް ޖަލަށްލުމެވެ.
ހިޔާލު