MIB inn digital banking technology ah invest kuranee
image
އިސްލާމިކް ބޭންކް-- ފޮޓޯ: ސީއެންއެމް
0 ކޮމެންޓް
 

އެމްއައިބީން ޑިޖިޓަލް ބޭންކިން ޓެކްނޮލޮޖީ އަށް އިންވެސްޓު ކުރަން ފަށައިފި

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން ޑިޖިޓަލް ބޭންކިން ޓެކްނޮލޮޖީ އަށް އިންވެސްޓު ކުރަން ފަށައިފި އެވެ.
ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) ގެ "ރާއްޖެ މިއަދު" ޕްރޮގްރާމުގައި އެކުންފުނީގެ ޗީފް އޮޕަރޭޓިން އޮފިސަރު އަހުމަދު ރިޒާ ވިދާޅުވީ، ރާއްޖެ އެކި ހިސާބުތަކުގައި ބްރާންޗް ހަދައިގެން ހިންގުމަކީ ވަރަށް ބޮޑު ހަރަދެއް ހިނގާ ކަމެއް ކަމުން ބޭންކުގެ ވިސްނުން ހުރީ ޑިޖިޓަލް ބޭންކިން ނުވަތަ ފައިނޭންޝަލް ޓެކްނޮލޮޖީ ބޭނުންކޮށްގެން ރާއްޖޭގެ ހިސާބުތަކަށް ހިދުމަތް ފޯރުކޮށްދިނުން ކަމަށެވެ.

ރިޒާ އިތުރަށް ވިދާޅުވީ، އެ ބޭނުންކުގެ ވިސްނުމަކީ ޑިޖިޓަލް ބޭންކިން ޓެކްނޮލޮޖީގެ ހިދުމަތްތައް ބޭނުންކޮށްގެން ސެލްފް ސާވިސް ބޭންކިން އަށް ދަތުރުކުރުން ކަމަށެވެ.

"ކޮންމެ ރަށެއްގައި ނުވަތަ ކޮންމެ އަތޮޅެއްގައި ބްރާންޗެއް ހުޅުވުމަކީ ފީޒިބަލް ކަމަކަށް ނުވެދާނެ. އަޅުގަނޑުމެން މިވަގުތު މިދަނީ ޑިޖިޓަލް ބޭންކިން ޓެކްނޮލޮޖީ އަށް އިންވެސްޓްކުރަމުން. އަދި އެ ހިދުމަތްތައް ބޭނުންކޮށްގެން ބްރާންޗްލެސް ބޭންކިން އަށް ނުވަތަ ސެލްފް ސާވިސް ބޭންކިން އަށް ދަތުރުކުރުމުގެ މިސްރާބެއްގައި އަޅުގަނޑުމެން މިއުޅެނީ،" ރިޒާ ވިދާޅުވި އެވެ.

އެމްއައިބީން މިހާރު ވެސް ފަސް އަތޮޅެއްގައި ހަ ބްރާންޗެއް ހިންގަމުން އަންނައިރު ދާދި ފަހުން އެ ބޭންކުން ވަނީ ހިއްސާ ގަތުމަށް އާންމުންނަށް ހުޅުވާލާފަ އެވެ.
އެމްއައިބީ ވިޔަފާރި
ހިޔާލު