Bidheysee meehaa maruvee Jumbo Bag eh dhashuve aniyaavumun
image
އެމީހާގެ ބޮލަށް ވެއްޓުނު ޖަމްބޯ ބޭގް-- ފޮޓޯ: ފުލުހުން
0 ކޮމެންޓް
 

ބިދޭސީ މީހާ މަރުވީ ޖަމްބޯ ބޭގެއް ވެއްޓި، އަނިޔާވުމުން: ފުލުހުން

ހުޅުމާލޭގައި އިއްޔެ މަރުވި ބިދޭސީ މީހާ މަރުވީ އޭނާގެ ބޮލަށް ޖަމްބޯ ބޭގެއް ވެއްޓި ލިބުނު އަނިޔާތަކުގައި ކަމަށް ފުލުހުން ބުނެފި އެވެ.
އެ މައްސަލާގައި ފުލުހުން އެންމެ ފުރަތަމަ ބުނެފައި ވަނީ އޭނާ މަރުވީ "ޖާސް އިންވެސްޓްމަންޓް" ކިޔާ ކުންފުންޏަކުން އިމާރާތް ކުރަމުން އަންނަ އިމާރާތެއްގެ މަތިން ސިމެންތި ގޯންޏެއް އޭނާގެ ބޮލަށް ވެއްޓި ކަމަށެވެ. އެކަމަކު ފުލުހުން މިއަދު ބުނީ، އެއީ އެ ވަގުތު ފުލުހުންނަށް ލިބުނު މައުލޫމާތުގެ ކުށެއް ކަމަށެވެ.

ފުލުހުން ބުނީ، އެމީހާ މަރުވީ ގިނަ އަދަދެއްގެ ސިމެންތި ބަސްތާތަކެއް އަޅާފައި ހުރި ޖަމްބޯ ބޭގުތަކެއްގެ ތެރެއިން އޭގެ އެންމެ މަތީގައި އޮތް ޖަމްބޯ ބޭގުން ސިމެންތި ބަސްތާއެއް ނަގަން އުޅުމުގެ ތެރޭގައި ސިމެންތި ބަސްތާތަކާއެކު އޭނާގެ ބޮލަށް ޖަމްބޯ ބޭގު ވެއްޓިގެން ކަމަށެވެ.

އިއްޔެ ހަވީރު އެ ހާދިސާ ހިނގިއިރު އޭނާއަށް ފަރުވާ ދިނުމަށް ވަނީ ހުޅުމާލޭ ހޮސްޕިޓަލަށް ގެންގޮސްފަ އެވެ. އެކަމަކު ހޮސްޕިޓަލަށް ގެންދިޔައިރު ވެސް އޭނާ އޮތީ މަރުވެފައި ކަމަށް ފުލުހުން ބުނެއެވެ. މަރުވީ ބަންގްލަދޭޝަށް ނިސްބަތްވާ 24 އަހަރުގެ މީހެކެވެ.

މިދިޔަ ޑިސެމްބަރުގެ މަހުގެ ތެރޭގައި ވެސް ވަނީ އިމާރާތް ކުރަމުންދިޔަ އިމާރާތަކުން ވެއްޓުނު ސިމެންތި ބަސްތާއެއް ދަށުވެ ބަންގްލަދޭޝަށް ނިސްބަތްވާ އަންހެން ކުޑަ ކުއްޖަކު މަރުވެފަ އެވެ.
ހިޔާލު