Aa seaplane terminal ge masakkaiy nimenee
image
ހަދަމުން ގެންދާ އާ ސީޕްލޭން ޓާމިނަލް-- ފޮޓޯ: އެމްއޭސިއެލް
ފާތުމަތު ނަޒުފާ އިރުޝާދު
0 ކޮމެންޓް
 

އާ ސީޕްލޭން ޓާމިނަލުގެ މަސައްކަތް ނިމެން ކައިރިވެއްޖެ: އެމްއޭސީއެލް

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ގެ އާ ސީޕްލޭން ޓާމިނަލްގެ މަސައްކަތް ނިމުމަކާ ގާތްވެއްޖެ ކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ބުނެފި އެވެ.
އެމްއޭސީއެލުން އިއްޔެ ބުނީ ސީޕްލޭން ޓާމިނަލް ގެ ސްޓްރަކްޗާ މަސައްކަތް ނިމިފައިވާ ކަމަށާއި އެސްކަލޭޓަރުތައް ހަރުކޮށް ނިމިފައިވާ ކަމަށާއި، އިތުރު ބައެއް ތަކެތި ހަރު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

ސީޕްލޭން ޑޮކްތަކުގެ މަސައްކަތްތައް ވެސް ނިމި މިހާރު ކުރިޔަށް ދަނީ އެއާކޮންޑިޝަން ހަރުކޮށް ފެން ވައިރު ކުރުމުގެ މަސައްކަތެވެ.



ސީޕްލޭން ޓާމިނަލް ގެ އަމަލީ މަސައްކަތް މި އަހަރުގެ ޖެނުއަރީ 29 ގައި ފަށާފައިވާއިރު އެމްއޭސީއެލް ގެ ޖެނެރަލް މެނޭޖާ އޮފް އިންފްރާސްޓްރަކްޗާ މުހައްމަދު ސޮލާހު ވަނީ ސީޕްލޭންގެ އޮޕަރޭޝަންތަ މި އަހަރު ސެޕްޓެމްބަރު މަހު ފެށޭނެ ކަމަށް ވިދާޅުވެފަ އެވެ.

14000 އަކަ ފޫޓު ހުންނަ އެ ޓާމިނަލް ގެ މަސައްކަތް ކުރަން ހަވާލުކޮށްފައި ވަނީ ޗައިނާގެ ބެއިޖިން އާބަން ކޮންސްޓްރަކްޝަން (ބީޔޫސީޖީ) އާ އެވެ.
ހިޔާލު