Fenaka inn theyo ethere kuraa nama current ge agu heyo vaane
image
ހޯޑެއްދޫ ފެނަކަ އިންޖީނުގެ-- ފޮޓޯ: ހޯޑެއްދޫ ކައުންސިލް
ފައުޒާ މުހައްމަދު
0 ކޮމެންޓް
 

ފެނަކައިން ތެޔޮ އެތެރެ ކުރާ ނަމަ ކަރަންޓުގެ އަގު ހެޔޮވާނެ: އެމްޑީ ސައީދު

ފެނަކަ ކޯޕަރޭޝަންގެ އިންޖީނު ގެތަކަށް ބޭނުންވާ ތެޔޮ އެ ކުންފުނިން އަމިއްލަ އަށް އެތެރެކުރާ ނަމަ ކަރަންޓްގެ އަގު މިހާރަށް ވުރެ 20 ޕަސެންޓް އަގުހެޔޮ ކުރެވޭނެ ކަމަށް އެ ކުންފުނިން ބުނެފި އެވެ.
އިއްޔެ ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިޒް ކޮމިޓީއަށް ހާޒިރުކޮށް މެމްބަރުން ކުރެއްވި ސުވާލުތަކުގެ ތެރެއިން މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހީމް ރަޝީދު ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން ފެނަކައިގެ މެނޭޖިން ޑައިރެކްޓަރު އަހުމަދު ސައީދު ވިދާޅުވީ ފެނަކަ އަށް ބޭނުންވާ ތެޔޮ ސީދާ އެ ކުންފުނިން އެތެރެކުރާ ގޮތަށް ހަަމަނުޖެއްސިގެން އުޅެނީ ތެޔޮ ގެންގުޅޭނެ ސްޓޯރޭޖެއް ނެތިގެން ކަމަށެވެ.

ތެޔޮ އެތެރެކުރާ ނަމަ ކަރަންޓްގެ އަގުން ހެޔޮ ކުރެވޭނީ ސީދާ ކިހާވަރެއްކަން ސައީދު ފުރަތަމަ ވިދާޅުވެފައެއް ނުވެއެވެ. ނަމަވެސް އިބްރާހީމް ރަޝީދު ތަކުރާރުކޮށް އެ ސުވާލު ކުރެއްވުމުން ގާތްގަނޑަކަށް ވިއްސަކަށް އިންސައްތަ ވަރު ތަފާތެއް އަންނާނެ ކަމަށް ސައީދު ވަނީ ވިދާޅުވި އެވެ.

ސައީދު ވިދާޅުވީ އަމާޒަކީ އާބާދީގެ 70 އިންސައްތަ އަށް ރިނިއުވަބުލް އެނާޖީ ނިޒާމުން ކަރަންޓް ފޯރުކޮށްދިނުން ކަމަށާއި އަދި އެއީ ހަމަ އެކަނި ރާއްޖޭގެ ރައްޔިތުންނަށް އޮތް އެންމެ އަގުހެޔޮކޮށް ކަރަންޓް ދެވޭނެ ގޮތް ކަމަށެވެ.
ކަރަންޓް ތެޔޮ ފެނަކަ
ހިޔާލު