Youth Vulnerability Assessment Ifthithaahu kohfi
image
ޔޫތު ވަލްނެރަބިލިޓީ އެސަސްމެންޓް އިފްތިތާހު ކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން-- ފޮޓޯ: އެންސީޓީސީ
0 ކޮމެންޓް
 

ޔޫތު ވަލްނެރަބިލިޓީ އެސަސްމެންޓް އިފްތިތާހުކޮށްފި

ޔޫތު ވަލްނެރަބިލިޓީ އެސަސްމެންޓް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ މިއަދު އިފްތިތާހުކޮށްދެއްވައިފި އެވެ.
ނޭޝަނަލް ކައުންޓާ ޓެރަރިޒަމް ސެންޓަރު (އެންސީޓީސީ) އާއި ޔޫއެންޑީޕީ މޯލްޑިވްސް ގުޅިގެން ޔޫތު ވަލްނެރަބިލިޓީ އެސަސްމެންޓް އިފްތިތާހުކޮށްފައި ވަނީ މިއަދު އެކަމަށްޓަކައި ޗަމްޕާ ސެންޓްލް ހޮޓަލުގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.

ޖަޕާނު ސަރުކާރުގެ އޭހީތެރިކަމާއެކު ކުރިއަށް ގެންދާ އެސަސްމެންޓު ފެއްޓެވުމުގެ ރަސްމިއްޔާތުގައި ޖަޕާނުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކެއިކޯ ޔަނާއީ ވަނީ އެންމެން ގުޅިގެން ހައްދުފަހަނަ އަޅާފައިވާ ވިސްނުންތައް ހުއްޓުވުމަށް މަސައްކަތް ކުރުމަށް ގޮވާލައްވާފަ އެވެ.

އެގޮތުން ސްޓޭކް ހޯލްޑަރުން ގުޅިގެން ޒުވާނުންނަށް ދޮގު މައުލޫމާތު ނުދިނުމަށް މަސައްކަތް ކުރުމަށް ބާރުއަޅުއްވަމުން ސަފީރު ވަނީ ދިރާސާތަކުން ދައްކާ ގޮތުން، ޒުވާނުން އެމީހުންގެ ކުރިމަގާ މެދު އުއްމީދުތައް ބޮޑު ކަމަށާއި އެހެންކަމުން އެކަމުގެ ބޭނުން ހިފައިގެން މަސައްކަތް ކުރަން ޖެހޭ ކަމަށް ވިދާޅުވެފަ އެވެ.

"އެންސީޓީސީ އަކީ ކޮންމެ ސަރުކާރެއްގެ ވެސް އިދާރާއެއް، ކޮންމެ ސިވިލް ސޮސައިޓީއަކާއި ކޮންމެ ދީނީ ލީޑަރެއްގެ އިދާރާއެއް، އެންސީޓީސީއަކީ މުޖުތަމައަށް ބަދަލެއް ގެނެވޭނެ، އެތަނަކީ ރާއްޖޭގެ އަމަން އަމާންކަން ގާއިމުކުރުމަށް މަސައްކަތްކުރާ ކޮންމެ ފަރުދެއް،" އެ ރަސްމިއްޔާތުގައި އެންސީޓީސީގެ ޑިރެކްޓާ ޖެނަރަލް ޒަކަރިއްޔާ މަންސޫރު ވިދާޅުވި އެވެ.

ޔޫތު ވަލްނެރަބިލިޓީ އެސަސްމެންޓްގެ ދަށުން ސްކޭޓް ހޯލްޑަރުންނަށް ތަފާތު ޕޮލިސީތަކާއި އެކްޝަން ޕްލޭންތައް އެކުލަވާލުމަށް އެހީތެރިކަން ފޯރުކޮށްދޭނެއެވެ.
ހިޔާލު