UEFA ge eheega baavvaa football mubaaraathuge partner akah Maldivian
image
މޯލްޑިވިއަން އަދި އެފްއޭއެމް އާ ދެމެދު ސޮއިކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން-- ފޮޓޯ: މޯލްޑިވިއަން/ ޓްވިޓާ
0 ކޮމެންޓް
 

ޔުއެފާގެ އެހީގައި އައްޑޫގައި ބާއްވާ ފުޓްބޯޅަ މުބާރާތުގެ ޕާޓްނަރަކަށް މޯލްޑިވިއަން

ޔޫރަޕުގެ ފުޓްބޯޅަ އެސޯސިއޭޝަން (ޔުއެފާ) ގެ އެހީގައި ބާއްވަ 15 އަހަރުން ދަށުގެ ފުޓްބޯޅަ މުބާރާތުގެ އެއާލައިން ޕާޓްނަރަކަށް ގައުމީ އެއާލައިން، މޯލްޑިވިއަން ހަމަޖެހިއްޖެ އެވެ.
އެކަމުގެ އެއްބަސްވުމުގައި މޯލްޑިވިއަން އާއި ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އާއެކު މިއަދު ވަނީ ސޮއިކޮށްފަ އެވެ. ޔުއެފާގެ އެހީގައި އެފްއޭއެމުން ބާއްވާ މުބާރާތް އޮތީ އައްޑޫ ގައެވެ.

އުމުރުން 15 އަހަރުން ދަށުގެ ފުޓްބޯޅަ ކުޅުންތެރިންނަށް ހާއްސަ އެ ބައިނަލްއަގްވާމީ މުބާރާތް އޮންނާނީ މިމަހުގެ 20 އިން 29 އަށެވެ. އެ މުބާރާތުގައި ހަތަރު ޓީމަކުން ވާދަކުރާނެ އެވެ.

އެ ޓީމުތަކަކީ ރާއްޖެ، ސައުދީ އަރަބިއްޔާ، ލެޓްވިއާ އަދި ބޫޓާނެވެ. އެންމެ ފަހުން ބޭއްވި މި މުބާރާތް ތައިލެންޑުގައި މިދިޔަ އަހަރު އޮތް އިރުވެސް ރާއްޖޭން ބައިވެރިވި އެވެ.

އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވެފައި ވަނީ މިއީ ސަރުކާރުގެ އެހީގައި ރާއްޖޭގެ ފުޓްބޯޅަ އިތުރު ހަރުފަތަކަށް ޖައްސަން ލިބުނު ފުރުސަތެއް ކަމަށެވެ.

"ގިނަ ދުވަސްތަކަށް ފަހު، މި މުބާރާތް ވެގެން ދާނީ ރާއްޖޭގައި ޒުވާން ކުޅުންތެރިންނަށް ހާއްސަ ބައިނަލްއަގްވާމީ މުބާރާތެއް ބޭއްވޭ ފަހަރަށް، އޭނާ ވިދާޅުވި އެވެ.
ހިޔާލު