Maafannu social center gai ice bath facility gaaim kuranee
image
ސޯޝަލް ސެންޓަރުގެ އިންޑޯ ކޯޓު-- ފޮޓޯ: ޔޫތު މިނިސްޓްރީ
ފައުޒާ މުހައްމަދު
0 ކޮމެންޓް
 

މާފަންނު ސޯޝަލް ސެންޓަރުގައި އައިސް ބާތު ފެސިލިޓީ ގާއިމްކުރަނީ

މާފަން ސޯޝަލް ސެންޓަރުގައި ކުޅިވަރު ކުޅޭ ފަރާތްތަކަށް ހާއްސަކޮށްގެން އައިސް ބާތު ފެސިލިޓީއެއް ގާއިމް ކުރަން ނިންމައިފި އެވެ.
އެފަދަ ފެސިލިޓީއެއް ގާއިމްކޮށްދޭނެ ފަރާތެއް ހޯދަން ޔޫތު މިނިސްޓްރީން ވަނީ އިއުލާނުކޮށްފަ އެވެ. ކުރިން ކުރި އިއުލާނަށް ތަރުހީބު ނުލިބުމުން މިހާރު ވަނީ ދެވަނަ ފަހަރަށް އިއުލާނެއް ނެރިފަ އެވެ.

އެކަމަށް ޝައުގުވެރިވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލާފައިވާއިރު އަންދާސީހިސާބު ހުށަހެޅުން މިމަހުގެ 16 ވާ އަންގާރަ ދުވަހުގެ 11:30 ގެ ކުރިން ވަނީ ހުޅުވާލާފަ އެވެ.

އައިސް ބާތު ފެސިލިޓީ އަކީ ކުޅިވަރު ކުޅޭ ފަރާތްތައް އެކި ތަމްރީނުތައް ކުރާއިރު، ހައި-ހީޓް އިންޓެންސް ތަމްރީނަށް ފަހު ބޮޑީ ކޫލް ޑައުން ކުރުމަށް ހާއްސަ ވަސީލަތެކެވެ.
ހިޔާލު