Madhun noonee nufenna vahtharehge maheh Raajje inn baanaifi
image
ރާޢްޖޭގައި ބޭނި "ފްލައިންގް ގާނާޑް" އާއިލާއަށް ނިސްބާތްވާ ވައްތަރުގެ މަސް-- ފޮޓޯ: ދިވެހި މަސްވެރިން/ ޓްވިޓާ
0 ކޮމެންޓް
 

މަދުން ނޫނީ ނުފެންނަ ވައްތަރެއްގެ މަހެއް ރާއްޖޭން ބާނައިފި

އާއްމު ގޮތެއްގައި ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ނުފެންނަ ބާވަތެއްގެ މަހެއް ދިވެހި މަސްވެރިންތަކެއް ބާނައިފި އެވެ.
ޓްވީޓާގައި ދިވެހި މަސްވެރިންގެ ނަމުގައި ހިންގަމުން އަންނަ އެކައުންޓަކުން މިއަދު ހިއްސާކޮށްފައި ވަނީ ފިޔަގަނޑެއްލާފައިވާ މަޑު މުށި ކުލައިގެ މަހެކެވެ.

އެއީ، "ފްލައިންގް ގާނާޑް" އާއިލާއަށް ނިސްބާތްވާ ވައްތަރެއްގެ މަހެކެވެ. އެގޮތުން އެބާވަތުގެ މަސްތަކުގައި ހުންނަނީ ދޫނީގެ ފިޔަގަނޑު ހުންނަހެން ދެ އަރި މަތީގައި ބޮޑު ދެ ފިޔަގަނޑު ލާފަ އެވެ.

އެއީ އާއްމު ގޮތެއްގައި ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބާނާ ވައްތަރެއްގެ މަހެއް ނޫނެވެ. އާއްމުކޮށް އެ ބާވަތުގެ މަސްތައް އުޅެނީ އެޓްލާންޓިކް ކަނޑުގެ ސަރަހައްދު ގައެވެ.
ދިވެހި މަސްވެރިން ބޭނި އެ މަހުގެ ފޮޓޯ އާންމު ކުރުމާއެކު ބައެއް މީހުން ވަނީ އެ މަސް މޫދަށް ދޫކޮށްލުމަށް އެދި ކޮމެންޓްކޮށްފަ އެވެ.
މަސްވެރިކަން
ހިޔާލު