The Lion King ge kuda teaser ah fahu gina baehge thaureefu Aryan ah!
image
ޝާހު އާއި އޭނާގެ ފިރިހެންދަރިފުޅު އާރިޔަން---
0 ކޮމެންޓް
 

ދަ ލަޔަން ކިންގްގެ ކުޑަ ޓީޒާއަށްފަހު ގިނަ ބައެއްގެ ތައުރީފު އާރިޔަން އަށް!

މިއަހަރު ގިނަ ބަޔަކު އެންމެ އިންތިޒާރު ކުރަމުން އަންނަ ފިލްމު ކަމަށްވާ "ދަ ލަޔަން ކިންގް" ގެ ހިންދީ ވާޝަނަށް ބޮލީވުޑުގެ މަޝްހޫރު އެކްޓަރު ޝާހު ރުކް ހާނާއި އޭނާގެ ފިރިހެން ދަރިފުޅު އާރިޔަން ހާންގެ އަޑު އެޅުމަށް ނިންމާފައިވާއިރު ދާދި ފަހުން އާރިޔަންގެ އަޑާއެކު އެފިލްމުގެ ކުޑަ ޓީޒާ ކޮޅެއް ވަނީ ނެރެފައެވެ.
މިމަހުގެ 17 ވަނަ ދުވަހު ނެރުނުމަށް ހަމަޖެހިފައިވާ އެފިލްމުގެ ހިންދީ ވާޝަނެއް ނެގައުމަށް ނިންމާފައިވާއިރު އެފިލްމުގައި އުޅޭ މުފާސާއަށް އަޑު އަޅަން ނިންމާފައި ވަނީ ޝާހުއެވެ. އަދި މުފާސާގެ ދަރިފުޅު ސިމްބާއަށް އަޑު އަޅަން ނިންމާފައިވަނީ އާރިޔަންއެވެ.

ޝާހު ޓުވިޓާ މެދުވެރިކޮށް ފިލްމުގެ ކުޑަ ޓީޒާ ދައްކާފައިވާއިރު އެޓީޒާ އިން އިވިގެން ދިޔައީ އާރިޔަން ގެ އަޑެވެ.


ސިމްބާއަށް އާރިޔަންގެ އަޑު އަޅާފައިވާއިރު ގިނަ ބަޔަކު ވަނީ އާރިޔަން އަށް ތައުރީފު ކޮށްފައެވެ. އެގޮތުން އާރިޔަންގެ އަޑު ޝާހުގެ އަޑާ ވަރަށް ވައްތަރު ކަމަށާއި ރީތި ކަމަށް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ. އަދި އާރިޔަންގެ ހުނަރު އެކުޑަ ޓީޒާ އިން އެނގިގެން ދިޔަ ކަމަށް ގިނަ ބަޔަކު ވަނީ ބުނެފައެވެ.

އުމުރުން 21 އަހަރުގެ އާރިޔަން މިހާރު އަންނަނީ ކިޔަވަމުންނެވެ. ޝާހު ބުނިގޮތުގައި އާރިޔަން ބޭނުން ވަނީ ފިލްމުގައި އެކްޓުކުރުމުގެ ބަދަލުގައި ފިލްމު ހަދަާށެވެ. އަދި އޭނާ މިހާރު އަންނަނީ ފިލްމު ހަދަން ދަސްކުރަމުން ކަމަށް ޝާހު ވަނީ ބުނެފައެވެ.

“ދަ ލަޔަން ކިންގް”ގެ ހިންދީ ވާޝަން ނެރުމަށް ނިންމާފައިވަނީ މިމަހު މަހު 19 ވަނަ ދުވަހުއެވެ. އެފިލްމަކީ ޑިޒްނީ އިން 1994 ވަނަ އަހަރު ރިލީޒް ކުރި “ދަ ލަޔަން ކިންގް”ގެ ލައިވް-އެކްޝަން ރީމޭކް އެކެވެ.
ހިޔާލު