Umar jalsa baavvan carnival dhookoffi
image
ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު--
0 ކޮމެންޓް
 

އުމަރު ޖަލްސާ ބާއްވަން ކާނިވާ ދޫކޮށްފި

ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު، ހ. ހާޖަރާގޭ އަބްދުﷲ ލުތުފީ ރާއްޖެ ގެނެވުމުން އުފާ ފާޅުކުރުމަށް ބާއްވާ ޖަލްސާ ބޭއްވުމަށް ކާނިވާ ސަރަހައްދު ދޫކޮށްފި އެވެ.
ނޮވެމްބަރު 3، 1988 ގެ އުދުވާނީ ހަމަލާގެ މޭސްތިރިޔާ، ލުތުފީ ރާއްޖެ ގެނެވުނީ ސްރީލންކާގައި ފިލައިގެން އުޅޭތާ ނުވަ އަހަރު ފަހުންނެވެ. އޭނާ އަތުލައިގަނެވުނީ، ދާދި ފަހުން ލަންކާގެ އެކި ސަރަހައްދުތަކަށް ދިން ޓެރަރިސްޓް ހަމަލާތަކާ ގުޅިގެން އެގައުމުގައި ބޮޑު ހަމަނުޖެހުންތަކެއް ހިނގަމުންދިޔަ ދުވަސްވަރު، އޭނާ އަމިއްލައަށް ލަންކާގައި ހުންނަ ދިވެހި އެމްބަސީއަށް ދިއުމުންނެވެ. އޭނާ އެމްބަސީއަށް ދިއުމުން އެމްބަސީން ވަނީ އަންގަންޖެހޭ ފަރާތްތަކަށް އެންގުމަށްފަހު، ދިވެހި ފުލުހުންނާ އޭނާ ހަވާލު ކޮށްފަ އެވެ.

ލުތުފީ ފިލާފައި ވަނީ 2010 ވަނަ އަހަރު އެވެ. އޭގެ ފަހުން ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ބަދަލުކުރުމަށްފަހު، ވެރިކަމަށް ވަޑައިގެންނެވި ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ސަރުކާރާއި އެންމެ ފަހުން ވެރިކަން ކުރެއްވި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ވެސް އޭނާ ހޯދާ ރާއްޖެ ގެނެވިފައެއް ނުވެއެވެ.

ރައީސް ޔާމީންގެ ވެރިކަމުގައި ހޯމް މިނިސްޓަރުކަން ކުރެއްވި އުމަރު ނަސީރު ވިދާޅުވެފައި ވަނީ އޭނާގެ ހޯމް މިނިސްޓަރު ކަމުގައި، ލުތުފީ ފެނުނު ކަމަށާއި، ފެންނަ ކޮންމެ ފަހަރަކު ގެއްލެނީ ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ހޯމް މިނިސްޓަރު ޝެއިހު އިމްރާން އަބްދުﷲ، ފުލުހުންގެ މުއައްސަސާއިން ފޯރުކޮށްދީފައިވާ މައުލޫމާތުތަކަށް ރިޔާއަތް ކުރުމަށްފަހު، ވިދާޅުވެފައި ވަނީ، ރައީސް ޔާމީންގެ ވެރިކަމުގައި އަދި ހޯމް މިނިސްޓަރަކަށް އުމަރު ނަސީރު ހުންނެވިއިރު، ލުތުފީ މާލެ ގެންނަން އިސްކަމެއް ދީފައި ނުވާ ކަމަށެވެ.

އުމަރު އެ ޖަލްސާ ބޭއްވުމަށް ކުރިން ނިންމީ، މާދަމާގެ ރެއެވެ. ނަމަވެސް މިހާރު ވަނީ އަންނަ ބުރާސްފަތި ދުވަހުގެ ރެއަށް ބަދަލުކޮށްފަ އެވެ.
ހިޔާލު