Miadhu court ga othee Raees Yameen ge massalaige liyun thakehga soi kurun: Vakeel Shameem
image
ރައީސް ޔާމީން-- ފޮޓޯ: ދަޕްރެސް
ރައްޔާން މުޙައްމަދު
0 ކޮމެންޓް
 

މިއަދު ކޯޓުގައި އޮތީ ރައީސް ޔާމީނުގެ މައްސަލައިގެ ލިޔުންތަކެއްގައި ސޮއިކުރުން: ވަކީލު ޝަމީމް

ކުރީގެ ރައީސް އަބްދުﷲ ޔާމީނާ ދެކޮޅަށް ދައުލަތުން ކުރާ މަނީ ލޯންޑަރިން ދައުވާގެ ޝަރީއަތުގައި މިއަދު އޮތީ ބަޔާންތަކުގައި ސޮއިކުރުން ކަމަށް އެމަނިކުފާނުގެ ވަކީލު އާދަމް ޝަމީމް ވިދާޅުވެއްޖެ އެވެ.
ރައީސް ޔާމީންގެ މައްސަލައިގެ އަޑުއެހުމެއް މިއަދު ހެނދުނު 11:30 އަށް ތާވަލު ކުރި ނަމަވެސް މިއަދު އަޑުއެހުމެއް ނެތް ކަމަށާއި، އޮތީ އިދާރީ މަސައްކަތެއް ކަމަށް ކޯޓުން ބުންޏެވެ.

ސީއެންއެމަށް މައުލޫމާތު ދެއްވަމުން ރައީސް ޔާމީންގެ ވަކީލު ޝަމީމް ވިދާޅުވީ މިއަދު އޮތީ އަޑުއެހުމެއް ނޫން ކަމަށާއި، ބަޔާންތަކެއްގައި ސޮއި ކުރުން ކަމަށެވެ. އެކަމުގެ ތަފްސީލެއް އޭނާ ނުދެއްވަ އެވެ.

އެންމެ ފަހުން އެ މައްސަލައިގެ ޝަރީއަތެއް ބާއްވާފައި ވަނީ މިދިޔަ އެޕްރީލް މަހުގެ 25 ވަނަ ދުވަހު އެވެ. އެ ދުވަހު ބޭއްވި ޝަރީއަތް ނިންމާލާފައި ވަނީ ރައީސް ޔާމީންގެ ފަރާތުން ހުށަހަޅަންޖެހޭ ހުށަހެޅުންތަކަށް 10 ދުވަސް ދިނުމަށް އެމަނިކުފާނުގެ ވަކީލުން އެދުމުން އެ 10 ދުވަސް ދިނުމަށްފަހު އެވެ.

އެ ހުށަހެޅުންތައް ޔާމީންގެ ފަރާތުން ހުށަހެޅުމުން އޭގެ ރައްދެއްގެ ގޮތުގައި ޕްރޮސެކިއުޓަ ޖެނެރަލްގެ އޮފީހުން ވެސް ވަނީ ލިޔުންތަކެއް ހުށަހަޅާފަ އެވެ.

މަނީ ލޯންޑަރިންގެ މައްސަލާގައި ރައީސް ޔާމީން މިއަދު ކްރިމިނަލް ކޯޓަށް ހާޒިރުކޮށްފައިވާ އިރު ހަމަ އެ މައްސަލާގައި ކުރީގެ ލީގަލް އެފެއާޒް މިނިސްޓަރު އާޒިމާ ޝަކޫރު ވެސް މިއަދު ކްރިމިނަލް ކޯޓަށް ހާޒިރުވުމަށް ވަނީ އަންގާފަ އެވެ. އަދި އޭނާގެ ބޭބެ މިއަދު ކޯޓަށް ހާޒިރުވުމުން ލިޔެކިޔުންތައް ވަނީ ހަވާލުކޮށްފަ އެވެ.
ހިޔާލު