Raajje Commonwealth gai baiverikurumah baaruelhi gaumuthakah shahid ge shukuru
image
މިނިސްޓަރު ޝާހިދު ރައީސް ސޯލިހް އަރިހުގައި
ސީއެންއެމް
1 ކޮމެންޓް
 

ރާއްޖެ ކޮމަންވެލްތުގައި ބައިވެރި ކުރުމަށް ބާރުއެޅި ގައުމުތަކަށް ޝާހިދުގެ ޝުކުރު

ކޮނަމްވެލްތުގައި އަލުން ބައިވެރިވުމަށް ރާއްޖެއިން ހުށަހަޅާފައިވާއިރު، ރާއްޖެ އަލުން ކޮމަންވެލްތުގައި ބައިވެރި ކުރުމަށް ބާރުއެޅި އެކުވެރި ގައުމުތަކަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ހާއްސަ ޝުކުރެއް އަދާކުރައްވައިފި އެވެ.
ޝާހިދު މިރޭ ކުރެއްވި ޓްވިޓެއްގައި ވަކިވަކި ގައުމުތަކުގެ ނަން ވިދާޅުވެފައިވާއިރު ލިސްޓްގެ އެންމެ ކުރީގައިވަނީ އަވަށްޓެރި އިންޑިއާއެވެ.
ޝާހިދު ވިދާޅުވީ ލަންޑަނުގައި އޮތް ކޮމަންވެލްތުގެ ފޮރިން މިނިސްޓަރުންގެ ބައްދަލުވުމުގައި ރާއްޖެ ކޮމަންވެލްތުގައި ބައިވެރި ކުރުމަށް ބާރުއެޅި ގައުމުތަކަށް ހިތުގެ ފުންމިނުން ޝުކުރުއަދާ ކުރައްވާ ކަމުގައެވެ.

އިންޑިއާގެ އިތުރުން ޝާހިދުގެ ޝުކުރުގެ ލިސްޓްގައި ދެން ހިމެނެނީ ބަނގުލަދޭޝް، ކެނެޑާ، ޕާކިސްތާން، ރުވާންޑާ އަދި ސްރީލަންކާއެވެ.

މިގައުމުތަކަށް ޝާހިދު ޝުކުރު އަދާކުރެއްވި އިރު ރާއްޖެ، ކޮމަންވެލްތާއި ގުޅުން އަވަސްކޮށްދިނުމަށް އިންޑިއާގެ އެކްސްޓަރނަލް އެފެއަރޒް މިނިސްޓަރ އެސް. ޖައިޝަންކަރު ގޮވާލެއްވި އެވެ. އަދި ރާއްޖެ ކޮމަންވެލްތުން ވަކިވެފައިވާ ގޮތުގެ ސަބަބުން، ގެމްބިއާ އަލުން ކޮމަންވެލްތާއި ގުޅުމަށް ގެންގުޅުން "ފާސްޓް ޓްރެކް"ގެ ފުރުސަތު ރާއްޖެއަށްވެސް ދޭން ޖެހޭކަމަށް ސްރީލަންކާއިން ބުނެފައި ވެއެވެ.

އަންނަ އަހަރު ކިގާލީގައި ބާއްވާ ކޮމަންވެލްތު ހެޑްސް އޮފް ގަވަރމަންޓް މީޓިންގައި ރާއްޖެއަށް ބައިވެރިވެވޭނެ ވަގުތު އޮއްވައި ރާއްޖެއަށް މެމްބަރޝިޕް ދިނުމަށް ލަންކާއިން ވަނީ ގޮވާލާފައެވެ.

މީގެ އިތުރުން ބަންގްލަދޭޝް، ކެނެޑާ، އިންޑިއާ، ރުވާންޑާ އަދި ޕާކިސްތާނުންވެސް ރާއްޖެއަށް މެމްބަރޝިޕް ދިނުން އަވަސްކުރުމަށް ކޮމަންވެލްތު ސެކްރެޓޭރިއޭޓަށް ގޮވާލި އެވެ.

ޤައުމުތަކުން މިކަމަށް ގޮވާލީ މިހާރު އިނގިރޭސިވިލާތުގެ ލަންޑަންގައި ކުރިއަށްދާ ކޮމަންވެލްތު ޤައުމުތަކުގެ ޚާރިޖީ ވަޒީރުންގެ 19 ވަނަ ބައްދަލުވުމުގައެވެ.

ދާދިފަހުން އޮސްޓްރޭލިއާ އެމްބެސެޑަރވަނީ މާލޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައިވެސް ރާއްޖެއަށް ކޮމަންވެލްތުގެ މެމްބަރުކަން އަވަހަށް ލިބުމަށް އޮސްޓްރޭލިއާއިން ބޭނުންވާކަމަށް ބުނެފައި ވެއެވެ.

ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުވަނީ ދެފަހަރެއްގެ މަތިން ކޮމަންވެލްތުގެ ސެކްރެޓަރީ ޖެނެރަލްއާއި ބައްދަލުކުރައްވާފައެވެ. އަދި ކޮމަންވެލްތުގެ އެސެސްމަންޓް ޓީމެއް ވަނީ ރާއްޖެއަށް އައިސް އެސެސްމަންޓް ހަދާފައެވެ.
ހިޔާލު

އަލީ

ކަލޭމެންގެ މިވެރިކަން ނިމޭއިރައް ވަކިވާނަން ކޮމަންވެލްތްއިން. ކޮމަންވެލްތް އަކީ އިގެރޭސިން އަޅުވެތި ކަމުގެދަށައް ދިޔަ ގައުމުތައް ބޭނުންކޮއްގެން އަދިވެސް އިގެރޭސިންއެގައުމުތަކުގެ ކޮންޓްރޯލް ގެންގުޅެންހަދޢިގެން އުޅޭ ޖަމިއްޔާއެއް. ދިވެހިންނަކަށް ނުވިސްނޭނެ ކަޑުމަހުގެ ސިކުޑި ވިއްޔާ ހުންނަނީ. ސަރުކާރުގެ ވެރިން އަމިއްލަ ފައިދާއަށް ބައިވެރިވަނީ ރައޔިތުން އަށް ވާނެ އެއވެސް ފައިދާއެއްނެތް. ވެރިން މަގާމު ގެއލުނީމް ދިރިއުޅޭނީ ރާއްޖެއިން.ބޭރުގަވިއްޔާ ތަންތަން ގަނެފަ އެޟިހުންތިބެނީ ނޫނީ ހަދިޔާއަކައް ދީފަ ހުންނާނީ ތިކަހަލަ އެއޗެއގަ ބައިވެރިވެލަން ސޮއިކޮއްލީމަ. ރައޔިތުން ނާއި ދޭތެރޭގަ ނުވިސްނާނެ.